ads
ނަފްސާނީ ބަލިތަކަށް އާ ފަރުވާއެއް ސައިންސްވެރިން ހޯދައިފި!
ނަފްސާނީ ބަލިތަކަށް އާ ފަރުވާއެއް ސައިންސްވެރިން ހޯދައިފި!
ޔުނިވަރސިޓީ އޮފް ކޮލޮރާޑޯ އަންޝުޓްޒް ގެ ރިސާޗަރުން ކުރިއަށްގެންދިޔަ ރޭންޑަމައިޒްޑް ކޮންޓްރޯލްޑް ކްލިނިކަލް ޓްރަޔަލްއަކުން، ނަފްސާނީ ބަލިތަކަށް، ޚާއްޞަކޮށް ފަރުވާކުރަން ދަތި ޑިޕްރެޝަން ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް އުއްމީދީ އާ ފަރުވާއެއް ވަނީ ހޯދިފައެވެ. މި ދިރާސާއިން ދައްކާ ގޮތުގައި 'ސައިލޯސައިބިން' ބޭނުންކޮށްގެން ދެވޭ ފަރުވާއަކުން، ޑިޕްރެޝަންގެ ސަބަބުން އުފާވެރިކަން އިޙްސާސްނުކުރެވޭ ބައްޔަށް ނުވަތަ 'އެންހެޑޯނިއާ' އަށް އެދެވޭ އަދި ދެމެހެއްޓެނިވި ހެޔޮ ބަދަލެއް އާދެއެވެ.
Advertisement

މި ކްލިނިކަލް ޓްރަޔަލްގައި ފަރުވާކުރަން ދަތި ޑިޕްރެޝަން ތަޙައްމަލުކުރަމުންދާ ބަލިމީހުންނަށް ސައިލޯސައިބިން ފަރުވާގެ އެންމެ ސެޝަނެއް ދިނުމަށްފަހު ސައިންސްވެރިން ވަނީ އެމީހުންގެ ޙާލަތު ދިރާސާކޮށްފައެވެ. މި ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި، އެންމެ ފަރުވާ ސެޝަނަކަށްފަހު އަށް ހަފުތާ ވެގެންދިޔައިރުވެސް، ބަލިމީހުންގެ ކިބައިން އުފާވެރިކަން އިޙްސާސް ކުރުމުގެ ޤާބިލުކަން ގެއްލުމުގެ ޢަލާމާތްތަކަށް ނުވަތަ އެންހެޑޯނިއާއަށް ވަރަށް ބޮޑު އަދި ދެމެހެއްޓެނިވި ކުރިއެރުމެއް ވަނީ ލިބިފައެވެ.

'އެންހެޑޯނިއާ' އަކީ އުފާވެރިކަމާއި ހިތްހަމަޖެހުން އިޙްސާސް ކުރުމުގެ ޤާބިލުކަން ގެއްލިގެންދާ ޙާލަތެކެވެ. އާންމު ފަރުވާތަކުން ރަނގަޅުނުވާ ޑިޕްރެޝަން ހުންނަ މީހުންނަށް، ސައިލޯސައިބިން ފަރުވާގެ އެންމެ ސެޝަނަކުން އަށް ހަފުތާގެ މުއްދަތަށް މިފަދަ އެދެވޭ، ދެމެހެއްޓެނިވި ނަތީޖާއެއް ފެނުމަކީ ނަފްސާނީ ސިއްޙަތުގެ ދާއިރާގައި ކުރެވުނު މުހިންމު ހޯދުމެކެވެ.

ޔުނިވަރސިޓީ އޮފް ކޮލޮރާޑޯ އަންޝުޓްޒް ގެ ރިސާޗަރުންގެ މި ކްލިނިކަލް ޓްރަޔަލްގެ ނަތީޖާއިން ހާމަވާ ގޮތުގައި، ފަރުވާކުރަން ދަތި ޑިޕްރެޝަން ތަޙައްމަލުކުރާ ބަލިމީހުންނަށް ސައިލޯސައިބިން ފަރުވާއަކީ އުއްމީދީ އަދި ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދޭނެ ހޯދުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް