މި ހަރަކާތުގެ މުހިންމު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުތަކުގައި މާ ބޮޑަށް ފަލަވުމުގެ މައްސަލަ އުޅޭ ނިސްބަތް 5 އިންސައްތައަށް ދަށްކުރުމެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި، މިއީ ގައުމީ ފެންވަރުގައި ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި އަޅަންޖެހިފައިވާ ވަރަށް މުހިންމު އިގްރާރެކެވެ.
ޑަބްލިއުއެޗްއޯގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ޒުވާނުންގެ މެދުގައި ނިއުޓްރިޝަނާ ގުޅޭ މައްސަލަތަކުގެ ތެރެއިން، ބަރުދަން ލުއިވުމުގެ މައްސަލައަށްވުރެ މާ ބޮޑަށް ފަލަވުމުގެ މައްސަލަ މިހާރު ވަނީ އިތުރުވެފައެވެ. އަދި ޒުވާނުންގެ މެދުގައި ނިއުޓްރިޝަން ނުލިބުމުގެ ނުވަތަ މާލްނިއުޓްރިޝަންގެ އެންމެ އާންމު ވައްތަރެއްގެ ގޮތުގައި މިހާރު ވެފައިވަނީ މާ ބޮޑަށް ފަލަވުމުގެ މައްސަލައެވެ.
ދުނިޔޭގެ 20 ގައުމަކާއި ޑަބްލިއުއެޗްއޯ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައި ދުނިޔޭގެ ފެންވަރުގައި މާ ބޮޑަށް ފަލަވުމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. އަދި 2030 ގެ ނިޔަލަށް ކަނޑައެޅިފައިވާ 5 އިންސައްތައިގެ ދަށްކުރުން ހާސިލުކުރުމަށް ބައިވެރިވާ ގައުމުތަކުން ވަނީ އެއްބަސްވެފައެވެ.