އެކުންފުނިން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނައިން ނިންމާފައިވަނީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކެވެ. އެގޮތުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 19 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާކަމަށް އެމްޓީސީސީން ބުނެ އެވެ.
ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ އައުޓް ޑޯ ޖިމްތައް އެޅުމުގެ މަސައްކަތެވެ. އެގޮތުން މި ތިން އަހަރުގެ ތެރޭގައި 16 އައުޓް ޑޯ ޖިމެއްގެ މަސައްކަތް ނިންމާފައިވާކަމަށް އެމްޓިސީސީން ބުނެ އެވެ.
ތިންވަނައަށް އެންމެ ގިނައިން ނިންމާފައިވާ ވަނީ ބަނދަރު ހެދުމުގެ މަޝްރޫއުތައްކަމަށް އެމްޓީސީސީން ބުނެ އެވެ. އެގޮތުން 14 ބަނދަރެއްގެ މަސައްކަތް މިހާތަނަށް ނިންމާފައިވާކަމަށް އެމްޓީސީސީން ބުނެ އެވެ.
މި ތިން އަހަރު އެމްޓީސީސީން ނިންމި މަޝްރޫއުތަކާއި އަދަދުތައް