ads
ބޭރަށް ވާގޮތަށް ދޮރުކަނޑާ ޓޭކްއަވޭ ހިދުމަތް ދޭ ތަނެއް
މަގުމައްޗަށް ދޮރުކަނޑައިގެން ހިދުމަތްދޭ ޓޭކްއަވޭ ތަންތަން ހުއްޓުވަނީ
މަގުމައްޗަށްވާ ގޮތަށް ދޮރުކަނޑައިގެން މާލޭގައި ހިދުމަތްދެމުންދާ ޓޭކްއަވޭ ތަންތަން ހުއްޓުވަން ފިޔަވަޅުތަކެއް އަޅަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
Advertisement

ކުދި ޓޭކްއަވޭ ފިހާރަތަކާއި ކާބޯތަކެތި ވިއްކާ ތަންތަނުގެ ސަބަބުން އާއްމު ރައްޔިތުންގެ ޝަކުވާ ލިބޭތީ އެ މައްސަލަ މިއަދު ކައުންސިލްގެ ޖަލްސާއަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފެވެ.

އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ޓޭކްއަވޭ ތަންތަނުން ބޭރަށް ދޮރުކަނޑާފައި ހުރުމުން ހިދުމަތް ހޯދަން މީހުން ޖަމާވެ ދުވާރު ބަންދުވެ މަގުމައްޗަށް ނުކުމެގެން މީހުން ހިގަން ޖެހޭކަމަސެވެ. އަދި އެތަން ތަނަށް މީހުން ޖަމާވެ އެތަނުގައި ތިބެ ދުންފަތުގެ އިސްތިއުމާލު ކުރާތީ އެކަމުގެ ސަބަބުންވެސް އާއްމުންނަށް އުނދަގޫވަކަމަށް ލަބާން ހުށައެޅުއްވި މައްސަލާގައި ވެއެވެ. 

ލަބާން ވިދާޅުވީ ކުދި ޓޭކްއަވޭ ފިހާރަތަކާއި ކާބޯތަކެތި ވިއްކާ ތަންތަން ހިންގުމުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް މިހާރު ނެތްކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތިން މަސް ތެރޭ އުސޫލެއް ހަދައި އެ އުސޫލު ތަންފީޒުކުރަން ފެށުމަށް ލަބާން ހުށައެޅުއްވި އެވެ. 

ލަބާން ހުށައެޅުއްވި ގޮތަށް ޓޭކްއަވޭ ހިދުމަތްދޭ ތަންތަން ހިންގުމަށް ހާއްސަ އުސޫލުތަކެއް ހެދުމަށް ކައުންސިލުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެވެ. އަދި އެ އުސޫލު ހެދެންދެން، އެފަދަ ތަންތަން ހިންގުމަށް މިހާރު ދެމުންދާ ހުއްދަތައް ވަގުތީ ގޮތުން މެދުކަނޑާލަންވެސް ކައުންސިލުން ނިންމި އެވެ. 

91%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް