ads
ސްރީލަންކަންގެ ބޯޓެއް ގަން އެއާޕޯޓުގައި
ސްރީލަންކަން އެއާލައިންސުން ގަމަށް ކުރާ ދަތުރުތައް ހަފުތާއަކު ތިން ދަތުރަށް އިތުރުކުރަނީ
ސްރީލަންކަން އެއާލައިންސް އިން ލަންކާގެ ކޮލަމްބޯ އާއި އައްޑޫ ގަމާ ދެމެދު ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.
Advertisement

އެ އެއާލައިނުން ނިންމާފައިވަނީ އަންނަ މަހުގެ 10 އިން ފެށިގެން ގަމަށް ކުރާ ދަތުރުތައް ހަފްތާއަކު 3 ދަތުރަށް އިތުރު ކުރުމަށެވެ. މިހާރު އެ އެއާލައިނުން ކޮލަމްބޯ އާއި ގަމާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރެ އެވެ. 

މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ، އެ އެއާލައިންގެ މައި މަރުކަޒު ކަމަށްވާ ކޮލޮމްބޯ މެދުވެރިކޮށް، ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކާއި ދުނިޔޭގެ އެކި ގައުމުތަކާ ދެމެދު އޮތް ވައިގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. 

މި ނިންމުމުގެ ސަބަބުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ ހިމެނޭހެން މުޅި ދެކުނު ސަރަހައްދުގެ ފަތުރުވެރިކަމަށާއި، ވިޔަފާރިއާއި އިގްތިސާދީ ދާއިރާއަށް ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

މި ދަތުރުތަކަށް ގާތްގަނޑަކަށް އެއް ގަޑިއިރާއި 50 މިނެޓު ހޭދަވާއިރު، ހަފުތާއަކު ތިން ދަތުރު ބާއްވަން ފެށުމުން، މި ރޫޓުން ދަތުރުކުރެވޭ ފަސިންޖަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ އެވެ.

ސްރީލަންކަން އިން ގަމަށް ކުރާ ދަތުރުތައް އިތުރުކުރުމުން ރާއްޖޭގެ ދެކުނުގެ ރީތިކަން ބަލާލާ، އެ ސަރަހައްދަށް ޒިޔާރަތް ކުރަން ބޭނުންވާ މީހުންނަށް އިތުރު ފުރުސަތު ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް