ads
ބީއެމްއެލް އެފޯޑަބަލް ހައުސިންގެ ހުޅުމާލެ އިތުރު ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް ފެށުން - ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އެފޯޑަބަލް ހައުސިން: އިތުރު ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް ފަށައިފި
މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް
ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން، ހުޅުމާލޭ ފޭސް 1ގައި އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން އަޅަމުންދާ 182 ފްލެޓުގެ ފައުންޑޭޝަންގެ މަސައްކަތް ފަށައިފި އެވެ.
Advertisement

މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގެ ދަށުން ބީއެމްއެލްއިން ހޯމް ލީސިންގ ކުންފުނިން ހިންގާ މަޝްރޫއުއެކެވެ.

މީގެ ހަފްތާއެއް ކުރިން އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ތަރައްގީ ކުރާ 364 ފްލެޓުގެ ތެރެއިން 182 ފްލެޓުގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ވެސް ފެށިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހުޅުމާލެ ފޭސް އެކެއް ގައި އެފްޑަބްލިއު ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ތަރައްގީ ކުރާ 182 ހައުސިންގ ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ.

މާލެ ސަރަހައްދުގައި ޖުމުލަ 3،260 ފްލެޓް އަޅަން ބީއެމްއެލުން ވަނީ ނިންމާފަ އެވެ. އޭގެ ތެރެއިން އެފޯޑަބަލް ހައުސިން ޔުނިޓްގެ ކެޓަގަރީގައި ހިމެނޭ 1،224 ފްލެޓުގެ ބިންގާ މިދިޔަ ހޮނިހިރު ދުވަހު ވަނީ އަޅާފަ އެވެ.

އެ މަޝްރޫއު ހަވާލުކުރީ ޗައިނާ މެޝިނަރީ އިިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެވެ. އެއީ 2028ގެ މެދެއްހާ ހިސާބުގައި ނިންމާ ގޮތަށެވެ.

މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެކުލަވައިލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންް ސްކީމް (އައިއެންއޭއެޗް)ގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ހިންގާ މަޝްރޫއުއެކެވެ.

ބީއެމްއެލްއިން އަޅާ ފްލެޓުތައް ކުއްޔަށް ދެނީ ލީސް-ޓު-އޯން މޮޑެލް ނުވަތަ ކުލި ދައްކަމުން ގޮސް މިލްކުވާ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް