ނަމަވެސް، ބޯޓު ވެއްޓުނު ހިސާބުގައި ތިބި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، މި ބޯޓު ވެއްޓިފައިވަނީ ވަރަށް ބާރު ސްޕީޑުގައި ތިރިއަށް ފައިބައި، ބިމުގައި ޖެހި ގޮވައިގެންނެވެ.
އަދި ބޯޓުގެ ޕައިލެޓުން ވަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބޯޓު މިސްރާބު ބަދަލުކުރުމަށް ފަހުވަގުތާ ޖެހެންދެން ވެސް މަސައްކަތްކޮށްފައި ކަމަށް ހަބަރުތައް ބުނެ އެވެ.
މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ރަޝިއާގެ އެއިރޯސްޕޭސް ފޯސަސްގެ ހާއްސަ ކޮމިޝަނަކާއި އިންވެސްޓިގޭޓިވް ކޮމިޓީން މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ.
"އޭއެން-12" އަކީ ސޯވިއެޓުން އުފައްދާ ހަތަރު އިންޖީނުގެ ޓާބޯޕްރޮޕް ޓްރާންސްޕޯޓް ބޯޓެކެވެ. އެއީ 1950 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ހިދުމަތް ދެމުން އަންނަ ބޯޓުތަކެކެވެ. 1000 އަށް ވުރެ ގިނަ ބޯޓު މިހާރުވެސް ހިދުމަތުގައި ބޭނުން ކުރަމުންދާއިރު، ރަޝިޔާ އާއި އެހެން ގައުމުތަކުގައި ވެސް މި ބޯޓުތައް ބޭނުން ކުރަމުން ދެއެވެ.