ads
އިދިކޮޅު ޔަޝާރު ޕާޓީގެ މެންބަރު މަތަން ކަހާނާ
އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސްގެ އާ ރައީސަކަށް އިދިކޮޅު މަތަން ކަހާނާ!
އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް (ނެސެޓް) ގެ އާ ރައީސަކަށް އިދިކޮޅު މެންބަރަކު އިންތިހާބުކޮށްފި އެވެ.
Advertisement

އަންގާރަ ދުވަހު ނެސެޓްގައި ނެގި ވޯޓުގައި މަޖިލީހުގެ 26 ވަނަ ރައީސްގެ މަގާމަށް އިންތިހާބުކުރީ އިދިކޮޅު ޔަޝާރު ޕާޓީގެ މެންބަރު މަތަން ކަހާނާ އެވެ. އޭނާ އެ މަގާމަށް ގެނައީ ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ނިސްބަތްވާ އަމީރު އޮހާނާގެ ބަދަލުގަ އެވެ.

މިއާއެކު އޮކްޓޯބަރު 27 ގައި ބޭއްވި އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް ވަނީ އިތުރު ގޮންޖެހުމަކާ ކުރިމަތިވެފައި އެވެ.

މަޖިލީހުގެ ރައީސްކަން އިދިކޮޅަށް ލިބުމާ އެކު، މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި ބިލުތަކަށް ވޯޓަށް އެހުން ތާވަލުކުރުމުގެ ފުރިހަމަ ބާރު އިދިކޮޅު ކޯލިޝަނަށް ވަނީ ލިބިފަ އެވެ. މީގެ އިތުރުން، ވަގުތީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މާލިއްޔަތު ކޮމިޓީ އާއި ދިފާއީ ކޮމިޓީ ފަދަ މުހިންމު ކޮމިޓީތަކުގެ ވަގުތީ މުގައްރިރުން ވެސް އިދިކޮޅުން ވަނީ އައްޔަންކޮށްފަ އެވެ. އިދިކޮޅު އިއްތިހާދުގެ އެންމެ ބޮޑު އެއް އަމާޒަކީ ނަތަންޔާހޫގެ ސަރުކާރުން ޖުޑީޝަރީ ދާއިރާއަށް ގެނައި ބަދަލުތައް އުވާލުމެވެ.

ނަތަންޔާހޫއާ އެންމެ ބޮޑަށް ވާދަކުރާ ކުރީގެ އަސްކަރީ ޗީފް އޮފް ސްޓާފް ގާދި އައިޒެންކޮޓް އިއްޔެ ބުނީ، ވަގުތީ ބޮޑުވަޒީރުގެ މަގާމުގައި ނަތަންޔާހޫއަށް ދެން "އެންމެ މިނެޓަކު ވެސް ނުހުރެވޭނެ" ކަމަށެވެ.

މިދިޔަ މަހުގެ އިންތިހާބުގައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑި ނަތަންޔާހޫގެ ކޯލިޝަނަށް ވެސް އަދި އައިޒެންކޮޓްގެ އިދިކޮޅު އިއްތިހާދަށް ވެސް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް، އަރަބި ދެ ޕާޓީ ކަމަށްވާ ޖޮއިންޓް ލިސްޓާއި ރާމް ޕާޓީން ވަނީ އައިޒެންކޮޓަށް ތާއީދުކުރާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް