ads
ހއ. ވަށަވަރުގައި ބޭއްވި އެމްއެމްއޭ ފިންލިޓް ފެސްޓް ކުޑަކުދިންގެ ހަވީރުގެ ތެރެއިން - ފޮޓޯ: އެމްއެމްއޭ
އެމްއެމްއޭ ފިންލިޓް ފެސްޓް ކުޑަކުދިންގެ ހަވީރު ވަށަފަރުގައި ވެސް ބާއްވައިފި
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހއ. އަތޮޅުގައި ހިންގަމުން އަންނަ ފިންލިޓް ފެސްޓް ޕްރޮގްރާމުގެ ތެރެއިން ހއ. ވަށަފަރުގައި މިއަދު ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބާއްވައިފި އެވެ.
Advertisement

ގިނަ ކުދިން މި ހަރަކާތުގައި ބައިވެރިވިއިރު، ކުދިންނަށް ތަފާތު ކުޅިވަރުގެ ހަރަކާތްތަކާއި އިނާމުތައް އަދި ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި އައިޕެޑެއް ދިނެވެ.

މީގެ އިތުރުން:

  • ކުޑައިރުއްސުރެ ފައިސާ ގެންގުޅުމާއި ފަހަށް ރައްކާކުރުން ފަދަ މުހިންމު ކަންތައްތައް ކުދިންގެ ގައިގައި އަށަގެންނެވުމުގެ ގޮތުން މާލީ ގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ވެސް މި ހަވީރުގައި ކުރިއަށްގެންދިޔަ 

  • ރާއްޖޭގެ ފައިސާގެ ތާރީހު ދައްކައިދޭ ސްޓޯލަކާ އެކު ރަސްކަމުގެ ޒަމާނުއްސުރެ ރާއްޖޭގައި ބޭނުންކޮށްފައިވާ އެކިއެކި ފައިސާ ފޮއްޗާއި ފައިސާ ނޫޓުތަކުގެ މައުލޫމާތު ވަނީ ބައިވެރިންނަށް ދީފައި

ފިންލިޓް ފެސްޓް ޕްރޮގްރާމުގެ ދަށުން ހއ. އަތޮޅުގެ ޖުމުލަ ހަ ރަށެއްގައި އެމްއެމްއޭއިން މާލީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެ އެވެ. މި ހަރަކާތް ހއ. ދިއްދޫގައި ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު އެވެ،

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް