އުރީދޫ އިން ބުނި ގޮތުގައި މި ގުޅާލުމަކީ މުޅި ރާއްޖޭގައި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ފުޅާކުރުމަށް އެޅުނު އިތުރު ފިޔަވަޅެވެ. މީގެ ސަބަބުން ކަސްޓަމަރުންގެ އާންމު ދަތުރުފަތުރުގެ ކަންކަން އިތުރަށް ލުއިފަސޭހަވެގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
އޮޑިގޯގައި ފައިސާ ދެއްކޭނެ ނިޒާމެއްގެ ގޮތުގައި މިހާރު އެމް-ފައިސާ ހިމަނާފައިވާއިރު، ކަސްޓަމަރުންނަށް ފެރީ އަދި ސްޕީޑްބޯޓުތަކުގެ ޝެޑިއުލްތައް ހޯދައި، ލިބެން ހުރި ދަތުރުތައް އަޅާބަލައި، އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ސީދާ ފައިސާ ދެއްކުމުގެ މުއާމަލާތްތައް ފުރިހަމަކޮށްލެވޭނެ އެވެ.
ބުކިންގް ކަށަވަރުވުމާއެކު، ކަސްޓަމަރުންނަށް ޑިޖިޓަލް ބޯޑިންގް ފާހެއް ލިބޭނެ ކަމަށާއި މިއީ ފެށުނީއްސުރެ ނިމެންދެން ފަސޭހަ ޑިޖިޓަލް ދަތުރުފަތުރުގެ ތަޖުރިބާއެއް ފޯރުކޮށްދޭނެ ކަމެއް ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
އުރީދޫ ފިންޓެކްގެ މޯލްޑިވްސް ކަންޓްރީ ހެޑް، އަހުމަދު ނުއުމާން ވިދާޅުވީ އެމް-ފައިސާގެ ތަސައްވުރަކީ ހަމައެކަނި ޑިޖިޓަލް ޕޭމަންޓްތަކަށް ވުރެ ފުޅާ ތަސައްވުރެއް ކަމަށެވެ.
އުރީދޫ އެމް-ފައިސާއަކީ އުރީދޫ ފިންޓެކްގެ ދަށުން އުފައްދާފައިވާ ޑިޖިޓަލް މޯބައިލް ކީ ވޮލެޓެކެވެ. މިއީ ރާއްޖޭގައި ލައިސަންސް ދީފައިވާ އެންމެ ފުރަތަމަ ޑިޖިޓަލް މޯބައިލް ކީ ވޮލެޓް ވެސް މެ އެވެ.
އެމް-ފައިސާއަކީ ފައިސާ ފޮނުވުމާއި ލިބުމާއި ބިލް ދެއްކުމާއި މާޗަންޓް ޕޭމަންޓާއި އަދި ޕިއާ ޓު ޕިއާ ޓްރާންސްފާ ކުރެވޭ ޓެކްނޮލޮޖީ ވިޔަފާރިއެކެވެ.
އޮޑިގޯއަކީ ކަންޑު ދަތުރުފަތުރާއި ބޯޓު ޗާޓަރުކުރުމާއި އެކި ރަށްރަށުގައި ކަނޑުގެ ދަތުރުތައް ބުކިން ހަދައިދޭ ދިވެހިންގެ މޮބައިލް އެޕެކެވެ.
ޖޯގްރަފީ ގޮތުން ވަކިވަކިން އުފެދިފައިވާ ރާއްޖޭގެ މުޖުތަމައުތަކުގައި، ރަށްރަށުގެ ދެމެދުގައި ކުރާ ދަތުރުފަތުރާއި ޑިޖިޓަލް މާލީ ހިދުމަތްތައް ފަސޭހައިން ލިބެން ހުރުމަކީ އާންމު ދިރިއުޅުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމަކަށް ވާތީ، މި ގުޅާލުމަކީ ރާއްޖެއަށް ވަކިން ހާއްސަކޮށް މުހިންމު ފިޔަވަޅެކެވެ.
އޮޑިގޯ އެޕް ޑައުންލޯޑް ކުރުމަށް: