ads
ޖާބިރު
ކޯޓަށް ހާޒިރުނުވުމުން ޖާބިރު އެމްޑީޕީއާ ދެކޮޅަށް ހުށަހެޅި މައްސަލަ ބާތިލުކޮށްފި
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށްފައިވަނިކޮށް، ޕާޓީން ވަކިކޮށް ޓިކެޓު އަތުލި މައްސަލައިގައި އަބްދުﷲ ޖާބިރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބާތިލުކޮށްފިއެވެ.
Advertisement

މި މައްސަލަ ކޯޓުން ބާތިލުކުރީ، މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމަށް ޖާބިރުގެ ވަކީލަށް ޗިޓު ރައްދުކޮށްފައިވަނިކޮށް ވެސް، އެ އަޑުއެހުމަށް ދައުވާކުރާ ފަރާތުން ނުވަތަ އެ ފަރާތުގެ ވަކީލަކު ވެސް ހާޒިރުވެފައި ނުވާތީއެވެ. މިގޮތަށް އަމަލުކޮށްފައިވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.

ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޓިކެޓު އަތުލައި އެހެން މީހަކަށް ޓިކެޓު ދިން ކަމަށް ބުނެ، އިންތިހާބީ ހައްގު އިއާދަކޮށްދިނުމަށާއި ގެއްލުމުގެ ބަދަލު ހޯދަން ޖާބިރު އެދިވަޑައިގެންނެވި ނަމަވެސް، އަޑުއެހުމަށް ހާޒިރުނުވުމުން މައްސަލަ ބެއްލެވި ގާޒީ ޒުލައިހާ ޝީޒާ ވަނީ އެ ދައުވާ ފޯމު ބާތިލުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް