ads
ސެލްޓިކް ކުޅުންތެރިން
ސްކޮޓްލަންޑް ލީގު ނިންމާލާ ސެލްޓިކަށް ޗެމްޕިއަންކަން
ސްކޮޓިޝް ޕްރޮފެޝަނަލް ފުޓްބޯޅަ ލީގު ނިންމާލާ، ޗެމްޕިއަންކަން ސެލްޓިކަށް ދީފިއެވެ. ސްކޮޓްލަންޑް ފުޓްބޯޅަ ފެޑެރޭޝަނުން މި ގޮތަށް ނިންމީ، އެ ފެޑެރޭޝަނުގެ ބޯޑުން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

ސްކޮޓިޝް ޕްރޮފެޝަނަލް ފުޓްބޯޅަ ލީގު ނިންމާލާ، ސެލްޓިކަށް ޗެމްޕިއަންކަން ދޭން ނިންމީ، ކޮވިޑާއި ގުޅިގެން މާރިޗު މަހުގެ ތޭރަ ވަނަ ދުވަހުން ފެށިގެން އެ ގައުމުގައި ފުޓްބޯޅަ ހުއްޓާލާފައި އޮތުމަށް ފަހުއެވެ. ޗެމްޕިއަންކަން ސެލްޓިކަށް ދޭން ނިންމީ، މެޗަކަށް އެވްރެޖްކޮށް ހޯދާފައިވާ ޕޮއިންޓަށް ބަލައިގެންނެވެ. ލީގު މެދު ކަނޑާލިއިރުވެސް ސެލްޓިކް އޮތީ ތޭރަ ޕޮއިންޓްގެ ފަރަގަކާއި އެކު ޓޭބަލްގެ އެއްވަނައިގައެވެ. ބޯޑުގެ ނިންމުމާއި އެކު ސެލްޓިކަށް ވިދިވިދިގެން ނުވަވަނަ ފަހަރަށް ލީގު ލިބުނީއެވެ. ލީގު ކެންސަލްކޮށް ސެލްޓިކަށް ޗެމްޕިއަންކަން ދޭން ނިންމިއިރު ލީގުގައި ބާކީ އޮތީ ސާޅީސް ނުވަ މެޗެވެ

ކޮވިޑާއި ގުޅިގެން ހުއްޓާލާފައިވާ ފުޓްބޯޅަ ޔޫރަޕުގައި އަލުން ފަށާފައިވަނީ އަދި މިހާތަނަށް ހަމަ އެކަނި ޖަރުމަނުގައެވެ. ބުންޑަސް ލީގާގެ ކުޅުން ހޮނިހިރު ދުވަހު އަލުން ފަށާފައިވާއިރު އިޓަލީއާއި ސްޕެއިނުންވެސް އަންނަނީ އަލުން ލީގު ފެށުމުގެ މަސައްކަތް ކުރަމުންނެވެ. ލީގު އަލުން ފެށުމުގެ މަޝްވަރާތައް އެންމެ ހޫނުކޮށްދަނީ އިނގިރޭސިވިލާތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް