ads
އާލިއާ ބަޓް--
ޑޮކްޓަރުންގެ ޝުކުރު އާލިއާއަށް!
ބޮލީވުޑުގެ ތަރިން އަންނަނީ ފްރޮންޓްލައިނުގައި މަސައްކަތް ކުރާ މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިދަނޑިވަޅުގައި ބަތަލާ އާލިއާ ބަޓް ވެސް މިވަނީ ފްރޮންޓްލައިނުގައި މަސައްކަތްކުރާ މީހުންނަށް އެހީތެރިވެފަ އެވެ.

މުމްބާއީގެ ކޭއީއެމް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ޑރ. ޝްރިޕަޑް ގަންގަޕުރްކާރު މިވަނީ އާލިއާއަށް ޝުކުރު އަދާކޮށް ޕޯސްޓެއްކޮށްފަ އެވެ. އެގޮތުން ކާބޯތަކެތީގެ ފޮޓޯ ހިއްސާކޮށް ޑރ. ބުނެފައި ވަނީ މުޖުތަމައަށްޓަކައި އާލިއާ ކުރާ މަސައްކަތަށް ޝުކުރުވެރިވާ ކަމަށެވެ. އަދި އޭނާއަކީ ހަގީގީ ބަތަލެއް ކަމަށެވެ.

އެއާއެކު އާލިއާގެ ސަޕޯޓަރުން އަންނަނީ އޭނާއަށް ތައުރީފް ކުރަމުންނެވެ. އަދި އާލިއާ އަކީ ވަރަށް ރަނގަޅު ތަރިއެއް ކަމަށް ދަނީ ބުނަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ވެސް ލޮކްޑައުންކޮށްފައިވާ މިދަނޑިވަޅުގައި ތަރިން އަންނަނީ ތަފާތު އެކި ކަންކަމުގައި އުޅޭ މީހުންނަށް އެހީވަމުންނެެވެ. އެގޮތުން ސިއްހީ ދާއިރާގެ އިތުރުން ޕަޕަރާޒީންނާއި މަގު މަތީގައި ވަންނާނެ ތަނެއް ނެތި އުޅޭ މީހުންނަށް ވެސް އަންނަނީ އެހީތެރިވަމުންނެވެ. 

އިންޑިއާގައި ވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު އެގައުމުން މިހާތަނަށް 96169 މީހަކަށް އެ ބަލި ޖެހިފައިވެ އެވެ. އަދި 36824 މީހަކު ބަލިން ރަނގަޅުކުރެވިފައިވާއިރު 3029 މީހުން ވަނީ ބަލީގައި މަރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް