ads
ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއާގައި ރާއްޖެ އިޝްތިހާރުކުރަނީ - ފޮޓޯ:އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީން ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއާގައި ރާއްޖެ އިޝްތިހާރުކުރަނީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއާ (ކޭއައިޓީއެފް) ގައި ރާއްޖެ އިޝްތިހާރުކުރަން ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ ކަޒަކިސްތާނުގެ އަލްމާޓީގައި ބުދަ ދުވަހުން ފެށިގެން ކުރިއަށްދާ ފެއާގައި ރާއްޖެ އިޝްތިހާރުކުރަމުން ދަނީ އެ ކޯޕަރޭޝަނާއި އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 17 ކޯ އެގްޒިބިޓަރުންނާ އެކުގައި ކަމަށެވެ.

ކޭއައިޓީއެފަކީ 2001 ވަނަ އަހަރުން ފެށިގެން ސެންޓްރަލް އޭޝިއާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. މިއީ ކަޒަކިސްތާނުގައި މި ދާއިރާގެ އެންމެ ކުރީސަފުގައި ބާއްވާ ފެއާ ކަމަށާއި މި ފެއާއަކީ މި ސަރަހައްދުގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ލިބިގެންދާ ޕްލެޓްފޯމެއް ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އެމްއެމްޕީއާރުސީން ބުނެފައި ވަނީ ކޭއައިޓީއެފްގައި އެ ކޯޕަރޭޝަނާއި އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވުމުގެ އަމާޒަކީ ކަޒަކިސްތާނާއި ސެންޓްރަލް އޭޝިއާ ސަރަހައްދުގެ ގާބިލުކަން ހުރި އެޖެންޓުންނާ ގުޅުން ބަދަހިކޮށް، ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ފެއާގައި ބައިވެރިވާ ފަރާތްތަކަށް ދައްކާލުން ކަމަށެވެ.

your imageކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއާގައި ރާއްޖެ އިޝްތިހާރުކުރަނީ - ފޮޓޯ:އެމްއެމްޕީއާރުސީ

މި ފެއާގެ ތެރެއިން ރާއްޖެ އާ ބެހޭ އެންމެފަހުގެ މައުލޫމާތާއި ރާއްޖޭގެ ތަފާތު އުފެއްދުންތަކާއި ތަޖުރިބާތަކާއި ސެގްމަންޓްތަކަށް އަލިއަޅުވާލައި ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި އެކަން ހާސިލުކުރާނީ ގުދުރަތީ ގޮތުން ރާއްޖެ އެކުލެވިގެންވާ ގޮތް ދައްކުވައިދީގެންނާއި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިފައިވާ ތަޖުރިބާތަކަށް ބަލައިގެން ކަމުގަ އެވެ. އަދި އަމާޒަކަށް ވާނީ ޗުއްޓީ ހޭދަކުރުމަށް އެންމެ ގިނަ މީހުން އިހުތިޔާރުކުރާ ނުވަތަ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ހަރުދަނާ ކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

"ކޭއައިޓީއެފް 2024 ގައި ރާއްޖޭގެ ސްޓޭންޑަކީ ސަނީ ސައިޑް އޮފް ލައިފްގެ އަސްލު ދައްކުވައިދޭ ސްޓޭންޑެކެވެ. ރޮމޭންޓިކް އެސްކޭޕްތަކުން ފެށިގެން ހިތްގައިމު ސީސްކޭޕްތަކާއި މުއްސަނދި ސަގާފީ ތަޖުރިބާތައް ހޯދުމަށް ޒިޔާރަތްކުރާ ފަރާތްތައް ރާއްޖޭގެ އެކިއެކި އޮފާތަކަށް ޒިޔާރަތް ކުރާ ފަރާތްތައް ޝައުގުވެރިކުރުމަށްޓަކައި ކޮންމެ ތަފްސީލެއް ވެސް ދެވޭ ގޮތަށް މި ފެއާއަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވެ އެވެ،" އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރަޝިއާ އާއި ސީއައިއެސް ޓްރެވަލް ޓްރޭޑްގައި ބައިވެރިވެ، އެކި މަންޒިލްތަކާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދައި ޕާޓްނާޝިޕްގެ ފުރުސަތުތައް ދެނެގަނެވޭނެ ކަމަށެވެ. އަދި އެކި ޗެނަލްތައް މެދުވެރިކޮށް ރާއްޖޭގެ މައުލޫމާތު ހޯދޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ސީއައިއެސް ސަރަހައްދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު ސަރަހައްދަކަށްވާއިރު، އެމްއެމްޕީއާރުސީން ސީއައިއެސް މާކެޓުގައި ތަފާތު މާކެޓިން ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު މޮސްކޯ ޑައިވް ޝޯގައި ބައިވެރިވެ، ރާއްޖޭގެ އެކި މަންޒިލްތައް ވަނީ އިޝްތިހާރުކޮށްފަ އެވެ. އޭގެ އިތުރަށް ރާއްޖެ މަޝްހޫރު ކުރުމަށްޓަކައި އެ ސަރަހައްދުގައި މާކެޓިންގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެ ކޯޕަރޭޝަނުން ވަނީ ރާވާފަ އެވެ. އެ މާކެޓުގައި ރާއްޖޭގެ މަންޒިލްތަކާ ބެހޭގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، ވިޒިބިލިޓީ ދެމެހެއްޓުމަށް ސޯޝަލް މީޑިއާ ކެމްޕެއިނެއް ވެސް އަންނަނީ ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް