ads
އިޒްރޭލާއި އެމެރިކާއިން އިރާން އާއި ދެކޮޅަށް ފެއްޓި ހަނގުރާމައިގެ ތެރެއިން. ފޮޓޯ: އޯއާރުއެފް
އެމެރިކާގެ ނޭވަލް ބްލޮކޭޑާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނެ ކަމަށް އީރާނުން ބުނެފި
އެމެރިކާއިން އަޅާފައިވާ ނޭވަލް ބްލޮކޭޑާ ކުރިމަތިލުމަށް އީރާނުގެ އަތުގައިވާ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާނެ ކަމަށް، އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ވިދާޅުވެއްޖެއެވެ.
Advertisement

އޭނާ މިހެން ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އީރާނާ ގުޅުންހުރި ތެޔޮ އެކްސްޕޯޓްކުރުން ހުއްޓުވުމުގެ މަގްސަދުގައި އެމެރިކާއިން މި ނޭވަލް ބްލޮކޭޑް އެންމެ ފުރަތަމަ އެޅީ މި އަހަރުގެ އޭޕްރީލް 13 ގައެވެ. ނަމަވެސް ވޮޝިންގޓަނާއި ތެހެރާނާ ދެމެދު އެކުލަވާލެވުނު އެއްބަސްވުމަކާއި ގުޅިގެން ޖޫން މަހުގެ ތެރޭގައި އެ ފިޔަވަޅުތައް އުވާލިއެވެ.

އެހެންނަމަވެސް، ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުން ރޫޅުމާ ގުޅިގެން، އެމެރިކާއިން ވަނީ އަލުން އަނބުރާ ޖުލައި 14 ގައި އެ ފިޔަވަޅު އަޅައި، ނޭވަލް ބްލޮކޭޑް ވަރުގަދަކޮށްފައެވެ.

އީރާނުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގެ އިގްތިސާދަށާއި ކަނޑުދަތުރުފަތުރަށް ހުރަސްއެޅުމަށް އަޅަމުންދާ މިފަދަ ފިޔަވަޅުތަކަށް ރައްދު ދިނުމުގައި ފަސްނުޖެހޭނެ ކަމަށާއި، ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމަށް އެންމެ ފުރިހަމައަށް މަސައްކަތްކުރާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް