ads
ކޮރެއާގެ ފްރޮންޓްލައިން މަސައްކަތްތެރިން---
ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންގެ ފަރާތުން މިބަލި ފެތުރިދާނެތަ؟
ކޮވިޑް-19 އިން ރަނގަޅު ވުމަށްފަހު އަލުން ވައިރަސް އަށް ޕޮޒިޓިވްވާ މީހުންގެ ފަރާތުން ވައިރަސް ނުފެތުރޭ ކަމަށް ދެކުނު ކޮރެއާއިން ބުނެފި އެވެ.

ކޮރެއާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް (ކޭސީޑީސީ) އިން ވަނީ ކޮވިޑް-19 އިން ރަނގަޅު ވެފައިވާ 400 މީހުންގެ މެދުގައި ދިރާސާއެއް ހަދާފައެވެ. މިދިރާސާގައި މިބައްޔަށް ދެވަނަ ފަހަރަށް ޕޮޒިޓިވްވި 285 މީހުންނާއި ކޮންޓެކްޓް ވެފައިވާ 790 މީހުން ޓެސްޓް ކުރެވުނެވެ. ދެވަނަ ފަހަރަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްވި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ގައިން މިވައިރަސް ފެނިފައި ނުވާ ކަމަށް ކޭސީޑީސީ އިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އިން ރަނގަޅުވާ މީހުން ހޮސްޕިޓަލުން ދޫކުރުމަށް ފަހު ދެ ހަފްތާއަށް ކަރަންޓީންކުރުން މުހިންމު ނޫން ކަމަށްވެސް ކޭޑީސީއިން ވަނީ ބުނެފައެވެ.

ޕީސީއާރު ޓެސްޓްގައި އުޅޭ މައްސަލައެއްގެ ސަބަބުން މަރުވެފައިވާ ވައިރަސް ސެލްތައް އެކްޓިވް ކަމަށް ދެއްކުމަކީ މިބައްޔަށް ދެވަނަ ފަހަރަށް މީހުން ޕޮޒިޓިވްވާ ސަބަބެއް ކަމަށް ވެސް ބައެއް ސިއްހީ މާހިރުން ވަނީ ބުނެފައެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރާ ޕީސީއާރު ޓެސްޓަކީ އެންމެ ގިނައިން މިބަލި ދެނެގަތުމަށް ދުނިޔޭގައި ބޭނުން ކުރަމުން އަންނަ އެއް ޓެސްޓް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް