އެ އިންތިހާބުގައި 448 މަގާމަކަށް 979 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެމްޑީޕީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ މާލެއިންނެވެ. ގައުމީ މަޖިލީހުގެ މާލެ ސިޓީގެ 111 މަގާމަކަށް 209 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މެމްބަރުން ހޮވާ މަގާމުތަކަކީ:
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ، 53،457 މީހުންނަށެވެ.
އަންނަ އަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮތްއިރު މި އިންތިޚާބަކީ ރިޔާސީ ޓިކެޓަށް ވާދަ ކުރާ ކެންޑިޑޭޓުންނަށް ވެސް މުހިންމު އިންތިހާބެކެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ކުރިއަށް ދިޔައީ ވެސް ވަރަށް ފޯރިގަދަކޮށެވެ. މައިގަނޑު ގޮތެއްގައި ކެމްޕެއިނުގެ ހަރަކާތްތައް ވެސް އޮތީ ދެ ޓީމަކަށް ބެހިފަ އެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތާއިދާ އެކު ނުކުންނަ "ޓީމު އެމްޑީޕީ" އާއި ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރިޔާސީ ކެންޑިޑެންސީއަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލްގެ ތާއިދާއެކު ނުކުންނަ "ބޮޑު ބަދަލު" ޓީމެވެ. މިއަދުގެ ވޯޓުގެ ނަތީޖާއިން ސާފުވާނީ އެމްޑީޕީގެ އެތެރޭގެ ބާރުތައް ފުރޮޅިގެންދާނޭ ގޮތެވެ.