އެމްޕީއެލް ޓަވަރުގައި ދިރިއުޅޭ މީހަކު "ސީއެންއެމް" އަށް ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ އެ ޓަވަރުގެ ފުލޯތަކާއި އެޕާޓުމަންޓުތަކުގައި ފެންބޮޑުވެފައިވާ ކަމަށާއި ފްލެޓުތަކުގެ ހާލަތު ވަޒަންކޮށް، ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ވެސް އެމްޕީއެލްގެ މުވައްޒަފުން ކުރަމުން އަންނަ ކަމަށެވެ.
ހުޅުމާލެ 2 ގައި އެމްޕީއެލްގެ މުވައްޒަފުންނަށް އިމާރާތް ކޮށްފައިވަ ފްލެޓުތަކުގެ އެތެރެއަށް ވަރަށް ބޮޑަށް ފެންގަނޑު ވަދެފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ވާރޭގައި ސިޑިބަރިން ފެންގަނޑު ފައިބައި، އެޕާޓްމަންޓްތަކަށް ވެސް ފެން ވަދެ އެވެ. އަދި ލިފްޓުތަކުގެ އެތެރެއިން ވެސް ފެން ފައިބާ މަންޒަރު ފެނެ އެވެ.
ފާހަގަކުރެވޭ ގޮތުގައި، އެމްޕީއެލް ޓަވަރުތަކުގައި އެތައް ހާސް ބަޔަކު ދިރިއުޅޭއިރު، އެ ތަނުގެ ފެންވަރު ދަށްކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.