މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ސަރަހައްދަށް ކުއްލިއަކަށް ވެހުނު ބޯވާރޭގައި އެކި ސަރަަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. ހާއްސަކޮށް މީގެ ކުރިން ފެންބޮޑުނުވާ މިންވަރަށް ބައެއް މަގުތަކުގައި ހުޅުމާލޭގައި ވެސް ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފަ އެވެ.
މި ވިއްސާރާގައި ހުޅުމާލެ ސަހަރާގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.
މީގެ ކުރިން މާލޭގެ އާސަހަރާ މިސްކިތް ތަރައްގީކުރުމަށް އެ ތަން ބަންދުކޮށްފައި އޮތް ދުވަސްވަރު، މާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން ވަޅުލަމުން އައީ ހުޅުމާލެ އާސަހަރާގައެވެ.