ads
ވޯޓް
ބައި އިލެކްޝަންތަކުގެ ވޯޓުލުން ފަށައިފި
މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންތަކުގެ ވޯޓުލުން ފަށައިފި އެވެ.
Advertisement

މިއަދު ކުރިޔަށްދަނީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވެފައިވާތީ އެ މަޤާމަށް މެންބަރަކު އިންތިހާބުކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ، ހއ. ވަށަފަރު، ވ. ތިނަދޫ، އަދި އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންތަކެވެ. 

ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާނީ ބޮޑު ދެ ޕާޓީން އެކަންޏެވެ. އެގޮތުން އެމްޑީޕީން ވާދަކުރަނީ ކުރިންވެސް އެމަގާމު ހުރި ޝުޖާއު އަލީ އެވެ. ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރަނީ އަހްމަދު އަމަން މުހައްމަދު އެވެ. 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރާނީ ވެރިކަން ކުރާ ޕީއެންސީ އާއި އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓެކެވެ. 

އައްޑުއަތޮޅު އައްޑޫ ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރަނީ ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީންނެވެ. އަދި ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް  ވާދަކުރަނީ އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓެކެވެ. 

މި ބައި އިލެކްޝަންތަކުގެ ވޯޓްލުން މިއަދު ހަވީރި 16:00 އާއި ހަމައަށް ކުރިޔަށްދާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް