ads
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު. ފޮޓޯ: އެމްއޭސީއެލް
އެއާޕޯޓަކީ އިގުތިސާދީ މައި ނާރު، ސެކިއުރިޓީއަށް ދުލެއް ނުދެވޭނެ: ޝަރީފް
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ދިވެހިރާއްޖޭގެ އިގުތިސާދީ މައި ނާރު އަދި ދުނިޔެއަށް ގައުމު ހުޅުވައިދޭ މައި ދޮރާށި ކަމަށްވާތީ، އެތަނުގެ ސެކިއުރިޓީއަކީ އެއްވެސް ހާލަތެއްގައި ދޫދެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
Advertisement

ޝަރީފް މިހެން ވިދާޅުވީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އިން އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ 150 މުވައްޒަފުން ތަމްރީނުކޮށް، ދަސްވެނިވުމަށް އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެއާޕޯޓުގެ އެތެރޭގެ އަމާންކަމާއި ރައްކާތެރިކަން އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަކީ ހަމައެކަނި ކުންފުންޏަށް ލިބޭ ކާމިޔާބީއެއް ނޫން ކަމަށާއި، އެއީ މުޅި ދިވެހި ދައުލަތުގެ ސަލާމަތާ ގުޅިފައިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެއާޕޯޓުގެ އެތެރޭގެ ކަންކަން އަމާންކަމާ ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި، އެއާޕޯޓުގެ ސެކިއުރިޓީ އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަކީ، ހަމައެކަނި ކުންފުނީގެ ކާމިޔާބީއެއް ނޫން. އެއީ މުޅި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ވަރަށް މުހިންމު ކަމެއް. މިއީ ދޫދެވޭނެ ކަމެއް ނޫން" ޝަރީފް ވިދާޅުވިއެވެ.

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ، ގައުމުގެ މުހިންމު ދޮރާށީގެ ރައްކާތެރިކަމަށް އެމްއޭސީއެލްގެ ވެރިން ދެއްވާ އަހައްމިއްޔަތުކަމަކީ އެހެން މުއައްސަސާތަކުން ވެސް މިސާލަކަށް ބަލަންޖެހޭ ކަމެއް ކަމަށެވެ. އަދި އަލަށް ދަސްވެނިވި އޮފިސަރުންގެ ކިބައިން ފެނިގެންދިޔަ އަސްކަރީ ޑިސިޕްލިން އަދި ޑްރިލްގެ ފެންވަރު، ސިފައިންނާއި ފުލުހުންގެ އަސާސީ ތަމްރީނުތަކާ އެއް ހަމައެއްގައި ހުރިކަން ސީޕީ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކުރިއަށް އޮތް ތަނުގައިވެސް އެމްއޭސީއެލްއާ ގުޅިގެން މިފަދަ އެޑްވާންސް ތަމްރީނުތައް ހިންގުމުގައި ފުލުހުންގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ސީޕީ ދެއްވިއެވެ.

ފުލުހުންގެ ތަމްރީނު ކޮލެޖުން 6 ބުރަކަށް ބަހާލައިގެން، ފެބްރުވަރީ މަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހިންގި މި ޕްރޮގްރާމުގައި އޮފިސަރުންނަށް ވަނީ ގާނޫނީ ހޭލުންތެރިކަމާއި، މަސައްކަތުގެ އަހުލާގާއި، ހާދިސާތައް ހައްލުކުރާނެ އުކުޅުތަކުގެ އިތުރުން ސެލްފް ޑިފެންސް އަދި ކަސްރަތުގެ ބައިތައް އުނގަންނައިދީފައެވެ.

މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އިސްވެރިންނާއި، އެމްއޭސީއެލްގެ އިސް މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް