ads
މުލަކަތޮޅު ނާލާފުށީގެ އާ ކައުންސިލް އިދާރާގެ ބިންގާއެޅުން
ކައުންސިލް އިދާރާތުގެ މަޝްރޫއު: މަސައްކަތް ނިންމައި އަންނަ މަހުން ފެށިގެން ސަރުކާރާ ހަވާލުކުރަނީ
ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް ސަރުކާރުން ހަވާލުކުރި މަޝްރޫއުގެ ދަށުން ނިމިފައިވާ އޮފީސްތައް އަންނަ މަހުން ފެށިގެން ސަރުކާރާ ހަވާލުކުރަމުން ގެންދާނެ ކަމަށް އެ މަސައްކަތާ ހަވާލުވި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން ބުނެފި އެވެ.
Advertisement

މި މަޝްރޫއާއި ބެހޭ އެއްމެ ފަހުގެ މައުލޫމާތު ހަވާލުކުރަމުން އާރުސީސީ އިން ބުނެފައިވަނީ މިހާރު ވަރަށް ގިނަ އިމާރާތްތަކުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ނިމިފައިވާ އިމާރާތްތައް ސަރުކާރާ ހަވާލުކުރުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާތައް އިމާރާތް ކުރުމަށް އާރުސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް 16 ގައެވެ. އިމާރާތްތަކުގެ އިތުރުން އެ ތަންތަނަށް ބޭނުންވާ ފަރުނީޗަރާއި އޭސީ ހަރުކުރުން ފަދަ ހުރިހާ ސާމާނެއް ހިމެނޭ ގޮތަށް ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 631 މިލިއަން ރުފިޔާ އެވެ.

އެއްބަސްވުމުގައިވާ ގޮތުން އިމާރާތްތައް އެޅުމުގެ މަސައްކަތް ނިމުމުން، ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން އެ ފައިސާ އާރުސީސީއަށް ދައްކައި ހަލާސްކުރަން ޖެހެ އެވެ.

އާ ކައުންސިލް އިދާރާތައް އެޅުމުގެ މަސައްކަތް އާރުސީސީއާ ހަވާލުކުރީ، އެ ކުންފުނި ހިމެނޭ ގޮތަށް ޖުމްލަ ހަތަރު ކުންފުންޏެއްގެ ޕްރޮޕޯޒަލް އިކޮނޮމިކް ކައުންސިލުން ދިރާސާކުރުމަށް ފަހު އެވެ. މި މަޝްރޫއަށް އެންމެ ކުޑަ އަގެއް ހުށަހެޅީ އާރުސީސީން ކަމަށް ވާތީ، އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް