ads
ޑެލްޓާ އެއާ ލައިންސްގެ ފްލައިޓްތަކެއް
އާދަޔާހިލާފް ހާދިސާއެއް ދިމާވެ ޑެލްޓާ އެއާލައިން ފްލައިޓެއްގެ ފުރުން ލަސްވެއްޖެ
ބޮސްޓަން ލޯގަން އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ތައްޔާރުވި ފްލައިޓެއްގެ ކެބިން ތެރެއަށް ފަސިންޖަރެއްގެ ބުޅާ ދޫވުމާ ގުޅިގެން، ފްލައިޓް ފުރުން މަދު ވަގުތުކޮޅަކަށް ފަސްކުރަން ޖެހިއްޖެ އެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ ބޮސްޓަނުން ފުރައިގެން ޓާމްޕާއަށް ދަތުރުކުރުމަށް ހަމަޖެހިފައި އޮތް ޑެލްޓާ އެއާލައިންސްގެ ފްލައިޓް 2706 ރަންވޭއާ ދިމާލަށް ދަތުރުކުރަމުން ދަނިކޮށެވެ. ބޯޓު ދުއްވަން އިން ކެޕްޓަން ވަނީ ވަގުތުން އެއާ ޓްރެފިކް ކޮންޓްރޯލަށް ގުޅައި، ކެބިން ތެރޭގައި ކުއްލި މައްސަލައެއް ދިމާވެގެން ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލަން ޖެހޭ ކަމަށް ރިޕޯޓްކޮށްފަ އެވެ.

މި މައްސަލަ ދިމާވީ ފަސިންޖަރަކު ގެންގުޅުނު ބުޅަލެއް އޭގެ ކޮށިން ނުކުމެގެން ކެބިން ތެރެއަށް ދޫވުމާ ގުޅިގެންނެވެ. އެ ބުޅާ ހިފައި އަލުން ފޮއްޓަށް ލެވެންދެން، މަތިންދާބޯޓު ވަނީ މަދު މިނެޓްތަކަކަށް ޓެކްސީވޭގައި މަޑުކޮށްފަ އެވެ.

ބުޅާ އަލުން ހިފައި ހަމަޖެހުމުން ކެޕްޓަން ވަނީ ކޮންޓްރޯލް ޓަވަރަށް އަލުން ގުޅައި، އެހީތެރިކަމަށް ޝުކުރު އަދާކުރުމަށްފަހު މައްސަލަ ދިމާވީ ބުޅަލެއް ނުކުމެގެން އުޅުމުން ކަމަށް ބުނެފަ އެވެ. މިއީ އާންމުކޮށް ދިމާނުވާ ތަފާތު ކަމަކަށް ވުމުން، ކޮންޓްރޯލް ޓަވަރުގެ އޮފިޝަލް ވަނީ ހީނލުމަށްފަހު މަޖާ ރޫހެއްގައި "މިއާއު" އޭ ބުނެ ފްލައިޓަށް އަލްވިދާ ކިޔާފަ އެވެ.

ޑެލްޓާ އެއާލައިންސްގެ އުސޫލުތައް ބުނާގޮތުން، ކެބިން ތެރޭގައި ގެންދާ މިފަދަ ޖަނަވާރުތައް މުޅި ދަތުރުގައިވެސް ބައިތިއްބަން ޖެހޭނީ ރަނގަޅަށް ބަންދުކުރެވިފައިވާ ޚާއްޞަ ފޮށިތަކުގަ އެވެ. މި ހާދިސާއަށްފަހު ފްލައިޓް ވަނީ ބޮސްޓަނުން ފުރައި، ހަމަޖެހިފައިވާ ގަޑިއަށް ޓާމްޕާއަށް ރައްކާތެރިކަމާއެކު ޖައްސާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް