މިއަދު ބޭއްވި ބައި-އިލެކްޝަނުގައި ޕީއެންސީގެ ކެންޑިޑޭޓު ކުރި ހޯއްދެވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، ފާތިމަތު މުނީރުއާ ވާދަކޮށްގެންނެވެ.
މި ބައި-އިލެކްޝަނުގައި ހުޅުދޫ ދާއިރާއިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 2،903 ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުންޏެވެ.
ބައި-އިލެކްޝަނަށް ހުޅުދޫގައި ބަހައްޓާފައި ވަނީ ތިން ފޮއްޓެވެ. މާލޭގައި ވެސް ދެ ފޮށި ބަހައްޓާފައިވާ އިރު، ހުޅުމާލޭގައި ވެސް ވޯޓްފޮއްޓެއް ބަހައްޓާފައިވެ އެވެ.
ޑަބްލިޔުޑީސީގެ އިންތިހާބު ދެން ބޭއްވި ހއ. ވަށަފަރާއި ވ. ތިނަދޫގެ ދެ ގޮނޑި ވެސް ލިބުނީ އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވަށަފަރުން ޑަބްލިޔުޑީސީގެ ރައީސްކަމަށް ހޮވިފައި ވަނީ އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް އެވެ. ރިޝްމާއަށް 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓް، ޒައިނާޒް އަހުމަދަށް ލިބުނީ 221 ވޯޓެވެ.
ތިނަދޫ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ކެންޑިޑޭޓު ޒީނާ އަހުމަދެވެ. އެ ގޮނޑިއަށް ވާދަކުރެއްވ އެމްޑީޕީގެ ކެންޑިޑޭޓް ރިޝްފާ ނަސީމެވެ.
ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ ކުރިން ވެސް އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު އެވެ.