ޕްރެކްޓިސްގައި ބައިވެރިވާން ދެކޮޅު ހެދީ ރިސްކެއް ނަގަން ބޭނުން ނޫން ކަމަށް ބުނެ އެވެ.
ޕްރިމިއާ ލީގުގެ ކްލަބުތަކުންވަނީ އަންގާރަ ދުވަހު ޕްރެކްޓިސް ފަށާފަ އެވެ. ދެ މަސް ދުވަހުގެ މެދު ކެނޑުމަކަށް ފަހު އަންގާރަ ދުވަހު އަލުން ޕްރެކްޓިސްތައް ފެށިއިރު، ވަޓްފޯޑުގެ ކެޕްޓަން ޓްރޯއި ޑީނީވަނީ ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިވާން ދެކޮޅު ހަދާފަ އެވެ. އޭނާއާ ހަވާލާދީ ބީބީސީން ރިޕޯޓްކުރާ ގޮތުގައި ގޮތުގައި، އޭނާގެ ތުއްތު ދަރިފުޅު ރިސްކަކަށް ލާން އޭނާ ބޭނުމެއް ނުވެ އެވެ.
ޕްރިމިއާ ލީގުގެ ކްލަބުތަކުން އަންގާރަ ދުވަހު ޕްރެކްޓިސް ފަށާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އެވެ. އަންނަ މަހުގެ ތެރޭގައި ލީގުގެ މެޗުތައް އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު، ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއްވަނީ އަޅާފަ އެވެ.