ads
ބޮނީ ކަޕޫރު އޭނާގެ ހަތަރު ދަރިންނާއެކު--
ބޮނީ ކަޕޫރުގެ ގޭގައި މަސައްކަތް ކުރާ މީހަކަށް ކޮވިޑް-19 ޖެހިއްޖެ
ބޮލީވުޑުގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ބޮނީ ކަޕޫރުގެ ގޭގައި މަސައްކަތް ކުރާ މީހަކަށް ކޮވިޑް-19 ޖެހިއްޖެ އެވެ.
Advertisement

އެކަން ހިއްސާކޮށް ބޮނީ ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ގޭގައި މަސައްކަތް ކުރާ އެމީހާ ހުރީ އައިސޮލޭޝަނުގައި ކަމަށެވެ. އަދި ޕޮޒިޓިވްވީ 23 އަހަރުގެ ޝަރަން ސަހޫ ނަމަކަށް ކިޔާ މަސައްކަތު މީހެއް ކަމަށް ވެސް ބުންޏެވެ. 

ބޮނީ ބުނީ ގޭގައި އުޅޭ އިތުރު ބައެއްގެ ކިބައިން މިހާތަނަށް ބަލީގެ އަލާމާތްތައް ފެނިފައި ނުވާ ކަމަށާއި މިހާރު އަމަލުކުރަމުން އަންނަނީ ކަމާ ބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކާއި އެއްގޮތަށް ކަމަށެވެ.

ބޮނީ ދިރިއުޅެމުން އަންނަނީ އޭނާގެ ދަރިފުޅު އަދި ފިލްމީ ތަރި ޖާންވީ ކަޕޫރާއި ހުށީ އާއެކު މުމްބާއީގެ ލޮކަންޑްވާލާ ކޮމްޕްލެސްގަ އެވެ. 

ބޮނީގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެކުދިން އުޅެނީ ވަކިންނެވެ. އެކަމަކު ބޮނީގެ ދެވަނަ އަންހެނުން ޝްރީވޭދީގެ މަރާއެކު ޖާންވީ އާއި ހުށީ އާއެކު އޮންނަ ގުޅުން ވަނީ އިތުރުވެފަ އެވެ. އަދި ވަރަށް ގިނައިން އެކުގައި އުޅެ އެވެ. އިންޑިއާ މިވަގުތު ލޮކްޑައުނެއްގައި އޮތުމުން އަރުޖުން ކަޕޫރާއި އަނުޝުލާއަށް ބައްޕަގެ ގެއަކަށް ނުދެވެ އެވެ. 

ބޮނީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އޭނާ އާއި އޭނާގެ ދަރިންގެ އިތުރުން ގޭގައި މަސައްކަތްކުރާ އިތުރު މީހުން ވެސް ރަނގަޅު ކަމަށެވެ. އަދި އެމީހުންގެ ގައިން ބަލީގެ އަލާމާތްތައް ފެނިފައި ނުވާ ކަމަށާއި އިންޑިއާ ލޮކްޑައުނަކަށް ގެނައި ފަހުން އެމީހުން ބޭރަށް ނުނިކުންނަ ކަމަށެވެ.

ބައްޔަށް ޕޮޒިޓިވްވި މަސައްކަތު މީހާ ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށް އިއްޔެ ބޮނީ ނެރުނު އެބަޔާނުގައި ބުނެ އެވެ.

ބަޔާން ނިންމާލަމުން ބޮނީ ބަޔާނެއް ނެރެން ޖެހުނު ސަބަބެއްގެ ގޮތުގައި ބުނީ އެކަމާއި ގުޅިގެން ތަފާތު އަޑުތައް އަރަން ބޭނުން ނުވާތީ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށާއި މަސައްކަތު މީހާ ވެސް ވަރަށް އަވަހަށް ބަލިން ރަނގަޅުވެ ގެއަށް އެނބުރި އަންނާނެ ކަމަށް ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް