ads
ލޮނުމެދު
ލޮނުމެދަކީ އިސްތަށިގަނޑަށާއި ހަންގަނޑަށް ރަނގަޅު ފަރުވާއެއް
އިސްތަށިގަނޑު ވަރުގަދަކޮށް މޫނުގެ ހަންގަނޑޫ އޮމާންކުރުމަށް ލޮނުމެދަކީ ރަނގަޅު ތަރުކާރީއެ ކެވެ.
Advertisement

ދިވެހިންގެ ކެއުން ފުރިހަމަ ކުރަން ބޭނުންކޮށް އުޅޭ ލޮނުމެދަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ކުރާ ތަރުކާރީއެއް ކަން އެންމެން ވެސް އެއްބަސްވާނެ އެެވެ. ހާއްސަކޮށް ރޯގާ ޖެހި ކެއްސާނަމަ ލޮނުމެދުގެ ފައިދާ ހިފެއެވެ. 

އެހެންނަމަވެސް ސިއްހަތަށް ފައިދާހުރި ތަރުކާރީއެއްގެ އިތުރުން ލޮނުމެދަކީ ހަންގަނޑަށާއި އިސްތަށިގަނޑަށް ރަނގަޅު އެއްޗެއް ކަމެއް އެނގެނީ ވަރަށް މަދު ބަޔަކަށެވެ. 

މޫނުގައި ހުންނަ ބިއްސާ ލަކުނު ފިލުވާލާ ހަންގަނޑު އޮމާންކޮށްލުމަށް ލޮނުމެދަކީ ރަނގަޅު ތަރުކާރީއެ ކެވެ. ލޮނުމެދުގައި ހުންނަ އެންޓި ބެކްޓީރިއަލް ތައް މޫނުގައި ހުންނަ ލަށް ފިލުވުމަށް އެހީތެރިވެދެ އެވެ. 

އެހެންކަމުން ދެ ލޮނުމެދު ބޮޑި ގާނާފައި މާމުއި ސަމްސަލަކާއި ޔޯގަޓް ކޮޅަކާއި ރަނގަޅަށް އެއްކޮށްލާ އޮލަވުމުން އެ މޫނުގައު އުނގުޅައިގެން 10 މިނެޓާއި 15 މިނެޓާއި ދެމެދުގެ އިރުކޮޅަކަށް މަޑުކޮށްލާށެވެ. ގަޑި ހަމަވުމުން ރީތި ފެނުން މޫނު ދޮވެލާށެވެ. 

ކޮންމެ ދުވަހަކުވެސް ތާވާލްކޮށް މިކަން ކުރާނަމަ ތަފާތެއް ފެންނާނެ އެވެ. 

މީގެ އިތުރުން، އިސްތަށިގަނޑުއި ހަންފޮޅޭނަމަ އެކަން ހައްލުކުރަން ވެސް ލޮނުމެދެ ބޭނުން ކުރެވޭނެ އެވެ. އިސްތަށިގަނޑު ވަރުގަދަކޮށް ބަހައްޓައިގެން ހަންފޮޅުވުން ހުއްޓުވަން ބޭނުން ނަމަ ލޮނުމެދު ބޮޑި އެއް ގާނާ ޒައިތޫނި ތެޔޮކޮޅަކާއި އެކު ހޫނުކޮށްލާށެވެ. އަދި މިތެޔޮ ކޮޅު ހިހޫ ވުމުން ރަނގަޅަށް ބޮލުގައި ހާކާ ބޮލާއި އިސްތަށިގަނޑު މަސާޖް ކޮށްލާށެވެ. 

ކޮންމެ ދުވަހަކުވެސް މިގޮތަށް މަސާޖްކުރުމަށް ފަހު ރީތިކޮށް އިސްތަށިގަނޑު ދޮވެލުމުން މާ ގިނަ ދުވަސްތަކެއް ނުވެ ބަދަލު ފެންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް