ads
ލޯބިވެރިޔާ އާ ރުޅިވި ފަހުން 25 ކިލޯ ލުއިވެއްޖެ
ހިތާމަވެރި ކަމަކާއި ދިމާވުމުން އެކި މީހުން އަމަލު ކުރަނީ އެކި ގޮތްގޮތަށެވެ. ލޯބިވެރިޔާ އާ ރުޅިވުމުން އެއްބައިމީހުން ހިތާމައިގައި ކައިކައި ފަލަވެއެެވެ. އަދި ބައެއް މީހުން ކެއުންމަތިން ފޫހިވެއެވެ.

އިންޑިއާގެ އުމުރުން 20 އަހަރުގެ މި ޒުވާނާ އޭނާގެ ލޯބިވެރިޔާ އާ ރުޅިވުމަށް ފަހު ހިތާމައާއި މޮޅިވެރިކަމުގައި ދުވަސްތައް ހޭދަނުކުރުމަށް އަޒުމް ކަނޑައެޅި އެވެ. އަދި އަބަދުވެސް އޭނާގެ ބަރުދަނާމެދު ލަދު ގަންނަ މިޒުވާނާ އަޒުމް ކަނޑައެޅީ ބަރުދަން ލުއިކޮށް މުޅިން ފިޓް ވުމަށެވެ. 

އިސްކޮޅުގައި ފަސް ފޫޓް ހަތް އިންޗި ހުންނަ މި ޒުވާނާ، އޭނާގެ ލޯބިވެރިޔާ އާ ރުޅިވި އިރު ބަރުދަނުގައި 112 ކިލޯ ހުއްޓެވެ. އެެހެން ނަމަވެސް ހަ މަސް ދުވަހުގެ ތެރޭގައި އޭނާ ވަނީ 25 ކިލޯ ލުއިކޮށްފަ އެވެ. މިހާރު އޭނާގެ ބަރުދަނުގައި ހުރީ 87 ކިލޯ އެވެ.

އޭނާގެ ބަރުދަން ލުއި ކުރީ އެއްވެސް ވަރަކަށް ނުކައި ހިތާމާގައި ދުވަސްތައް ވޭތުކޮށްގެން ނޫން ކަމަށް ޒުވާނާ ބުނެއެވެ. އަދި ބަރުދަން ލުުއި ކުރީ ރަނގަޅު ޑައިޓެއް ފޮލޯކޮށް ކަސްރަތުކޮށްގެން ކަމަށް އޭނާ ފާހަގަކުރެއެވެ. 

އެގޮތުން ކޮންމެ ދުވަހަކުވެސް ހެނދުނުގެ ނާސްތާ އަށް އޭނާ ކަނީ އެއް ކެރެޓާއި އާފަލަކާއި ބޯތައްޓެއްގެ އޯޓްސް ގެ އިތުރުން އެއް ލިޓަރު ފެނެވެ. އަދި މެންދުރުގެ ކެއުމަށް އޭނާ ކަނީ ފެނުކައްކައިގެން 100 ގުރާމް ކުކުޅު މަހާއި ސެލެޑެއްގެ އިތުރުން އެއް ލުޓަރު ފެނެވެ. ރޭގަނޑުގެ ކެއުމަށް މިޒުވާނާ ކަނީ ފެނު ކެއްކި ހަތަރު ބިހުގެ ހުދުބަޔާއި ކުޑަ ބަތްކޮޅަކާއި ރިހަ ކޮޅެކެވެ. 

މީގެ އިތުރުން ކަސްރަތު ކުރުމުގެ ކުރިން އަދި ފަހުން ވެސް މިޒުވާނާ ކައެވެ. އެގޮތުން ކަސްރަތު ކުރުމުގެ ކުރިން އޭނާ ދޮންކެޔޮ ވަކަކާއި ލުބޯހުތު ފަނިތައްޓެއް ބޮއެވެ. އަދި ކަސްރަތުކޮށް ނިންމުމަށް ފަހު ކަރާ ފަނި ފަދަ ޖޫސް ތައްޓެއް ބޮއެވެ.

ޗީޓްޑޭ ތަކުގައި ރަނގަޅު ބިރިޔާނި ގަނޑެއް ނުވަތަ ޕިއްޒާއެއް ކެއުމަކީ ޒުވާނާގެ އާދައެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް