ads
ސަލާހުގެ މޫނު މަތި އަޅައިގެން ވައްކަން ކުރަން އުޅުނު ހަތަރު މީހުން
ސަލާހުގެ މޫނު މަތި އަޅައިގެން ވައްކަން ކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ލިވަޕޫލަށް ކުޅޭ މިސްރުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ސަލާހުގެ ތަސްވީރު ހިމެނޭ މޫނު މަތި އަޅައިގެން ވައްކަން ކުރަން އުޅުނު ހަތަރު މީހަކު މިސްރުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މިސްރުގެ ވެރިރަށް ޤާހިރާއިން ހައްޔަރުކުރި މި ހަތަރު މީހުން، ސަލާހުގެ މޫނުގެ ތަސްވީރު ހިމެނޭ މާސްކް އަޅައިގެން ވައްކަން ކުރަން އުޅުނީ ވެރިރަށް ޤާހިރާގެ ނަސްރު ސިޓީގައެވެ. މި ހަތަރު މީހުން ހައްޔަރުކުރި އިރު އެ މީހުންގެ އަތުން ހަތިޔާރުވެސް ފެނިފައިވާ ކަމަށް މިސްރުގެ ފުލުހުން ބުނެއެވެ.

ސަލާހަކީ، މިސްރުގެ އެންމެ ގިނަ ބަޔަކު ލޯބިވާ އަދި މުޅި ގައުމުގައިވެސް އެންމެ މަޝްހޫރު އެތްލީޓެވެ. އޭނާވަނީ މިސްރުގެ ޤައުމީ ޓީމަށް ފަސްދޮޅަސް ހަތް މެޗު ކުޅެ ސާޅީހަށްވުރެ ގިނަ ގޯލް ޖަހާފައެވެ. ސަލާޙުވަނީ ދެހާސް އަށާރަވަނަ އަހަރުގެ ވޯލްޑްކަޕުން މިސްރަށް ޖާގަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް