ads
އިންފޮމޭޝަން ކޮމިޝަނަރު -- ފޮޓޯ: ސޯޝަލް މީޑިއާ
އިންފޮމޭޝަން ކޮމިޝަނަރުގެ ވާހަކަތައް ޑީޖޭއޭ އިން ދޮގުކޮށްފި
މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ ދަށީ ޝަރުއީ ދާއިރާ އާއި ސިޔާސީ ޕާޓީތަކުން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވި ވާހަކަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓަރޭޝަން (ޑީޖޭއޭ) އިން ދޮގުކޮށްފިއެވެ.
މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ ދަށީ ޝަރުއީ ދާއިރާ އާއި ސިޔާސީ ޕާޓީތަކުން ކަމަށް ވިދާޅުވެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ދެއްކެވި ވާހަކަފުޅު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓަރޭޝަން (ޑީޖޭއޭ) އިން ދޮގުކޮށްފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ވާހަކަފުޅު ދޮގުކޮށް ނެރުނު ނޫސްބަޔާނެއްގައި ޑީޖޭއޭ އިން ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޑީޖޭއޭ އިން ފޮނުވަންޖެހޭ ރިޕޯޓް ތައްޔާރުކޮށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

އަހަރީ ރިޕޯޓް ފޮނުވާއިރު "ޖެމްސް" މެދުވެރިކޮށް ނުވަތަ "އީ-މެއިލް" މެދުވެރިކޮށް އެ ރިޕޯޓް ފޮނުވިދާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ކަމަށްވެސް ޑީޖޭއޭގެ ބަޔާނުގައިވެ އެވެ. އެހެންކަމުން ސާކިއުލާގައިވާ ޝަރުއީ ދާއިރާއިން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓް އީ-މެއިލް މެދުވެރިކޮށް ނުވަތަ ޖެމްސް މެދުވެރިކޮށް ހުށަހަޅަމުންދާ ކަމަށް ޑީޖޭއޭ އިން ބުނެ އެވެ.

ޑީޖޭއޭ އިން ބުނީ ވޭތުވެދިޔަ ތިން އަހަރުވެސް މިއުސޫލުން އަހަރީ ރިޕޯޓް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ރިޕޯޓް ޖަނަވަރީ މަހުގެ ނުވަވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށްވެސް ޑީޖޭއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭގޮތަށް އެއްވެސް ފަރާތަކުން މިފަދަ މައުލޫމާތު އާންމުކޮށް ހިއްސާ ނުކުރުމަށް ކަމާގުޅުންހުރި އެންމެހައި ފަރާތްތަކަށް ޑީޖޭއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް