ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސިއްހީ ހިދުމަތްތެރިންނާ ގޭގައި ތިބި މުވައްޒަފުންނާ ތަފާތުވާންޖެހޭ: ވިސާމް
ލޮކްޑައުންގެ ސަބަބުން ގޭގައި ތިބި ސިވިލްސާވިސްގެ މުވައްޒަފުންނާއި ކޮވިޑް19 އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނާ ތަފާތުވާންޖެހޭނެ ކަމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ މުސާރައިގެ ކަންކަމުގައި ފިނޭންސް މިނިސްޓްރީން ނެރުނު އުސޫލާއި އެކު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ސާކިއުލާއެއް ނެެރެފައިވާކަމަށެވެ. އަދި އެ ސާކިއުލާގައި ސިއްހީ ހިދުމަތްތެރިންނާއި ގޭގައި ތިބި މުވައްޒަފުންނާއި އެއްހަމަ ކޮށްފައިވާކަމަށާއި، ސީއެސްސީގެ ނިންމުން ބަލައި ނުގަނެވޭނެ ކަމަށް ވިސާމް ވިދާޅުވި އެވެ. 

ވިސާމް ވިދާޅުވީ ލޮކްޑައުންގައި ގޭގައި ތިބި މުވައްޒަފުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުން ތަފާތު ވާންޖެހޭނެ ކަމަށާއި، އަދި މުސާރާގައި ވެސް އެ ތަފާތު ފެންނަޖެހޭނެކަމަށެވެ. 

ވިސާމް ވިދާޅުވީ ސީއެސްސީގެ މެމްބަރުން ފެއިލްވެފައިވާކަމަށާއި، ސީއެސްސީގެ މަސައްކަތްތައް ހުރީ ސަރުކާރުގެ ސިޔާސަތުތަކާއި ދިމާ އިދިކޮޅަށް ކަމަށެވެ. އަދި ވިސާމް ވަނީ ސީއެސްސީގެ މެމްބަރުން ވަކި ކުރުމަށް ގޮވާލާފައެވެ. 

ސީއެސްސީގެ މެމްބަރުން ވަކިކުރުމަށް ވިސާމް ގޮވާލާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާސަތަކުގެ ކޮމިޓީން ވަނީ ސީއެސްސީގެ ހަތަރު މެމްބަރުން ވަކިކުރުމަށް މާޗް އެއްވަނަ ދުވަހު ފާސްކޮށްފައެވެ. 

އެގޮތުން ކޮމެޓީީން ވަކިކުރުމަށް ނިންމާފައިވާ ހަތަރު ފަރާތަކީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެންބަރު އިބްރާހިމް ޝަހީގު އަދި ޒަކަރިއްޔާ ހުސައިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް