ads
ދުވަސްވީ މީހުންތަކެއް-- ފޮޓޯ: ޕީއެސްއެމް ނިއުސް
މިދިޔަ އަހަރު ޕެންޝަނުގެ ގޮތުގައި 91 މިލިއަން ރުފިޔާ ދޫކުށްފައިވޭ
މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމު (އެމްއާރުޕީއެސް) ގެ ދަށުން 91.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

ޕެންޝަން އޮފީހުން މިއަދު އާންމުކުރި އެ އޮފީހުގެ މިދިޔަ އަހަރުގެ ރިޕޯޓުން ދައްކާ ގޮތުގައި އެމްއާރުޕީއެސްގެ މެމްބަރުންގެ ގޮތުގައި 104،558 މެންބަރުން ބައިވެރިވެފައި އެބަތިއްބެވެ. އަދި 1353 މީހުންނަށް ޕެންޝަން ސްކީމުން ފައިސާ ދެމުން ގެންދާއިރު މިދިޔަ އަހަރު ވަނީ އެމްއާރުޕީއެސްގެ ދަށުން 91.1 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. 

އެ ރިޕޯޓުން ދައްކާ ގޮތުގައި އަސާސީ ޕެންޝަނުގައި 17،453 މީހުން ބައިވެރިވެފައިވާއިރު 903 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި ދައުލަތުގެ އެހެނިހެން ޕެންޝަން 7192 މީހަކަށް 297 މިލިއަން ރުފިޔާ މިދިޔަ އަހަރު ދޫކޮށްފައިވެ އެވެ. 

އޭގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ދެވޭ އިނާޔަތުގެ ދަށުން 17،628 މީހަކަށް 93 މިލިއަން ދޫކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުން ދައްކަ އެވެ. 

އެގޮތުން މިދިޔަ އަހަރު 773 ވަޒީފާދޭ ފަރާތެއް ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓަރީވެފައިވާ ކަމަށް ވެސް އެ ރިޕޯޓުން ދައްކަ އެވެ. އޭގެ ތެރޭގައި އަމިއްލަ ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާދޭ ސަރުކާރުގެ ފަރާތްތައް ވެސް ހިމެނޭ ކަމަށް ޕެންޝަން އޮފީހުން ބުނެ އެވެ. 

ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން އެމްއާރުޕީއެސްގައި މުވައްޒަފުން ބައިވެރިކުރުމާއި އަދި ޕެންޝަން ކޮންޓްރިބިއުޝަން ގަވާއިދުން ދެއްކުމަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުކަމެކެވެ. ޕެންޝަން އޮފީހުން ބުނީ މިދިޔަ އަހަރު ޕެންޝަނާ ބެހޭ ގާނޫނާއި ގަވާއިދާ އެއްގޮތަށް ޕެންޝަން ކޮންޓްރިބިއުޝަން ދައްކާފައިނުވާތީ 3570 ފަރާތަކަށް ފުރަތަމަ ނޯޓިސް ފޮނުވައި އަދި 1511 ފަރާތަކަށް އެންމެ ފަހުގެ ނޯޓިސް ފޮނުވާފައިވާނެ ކަމަށް ބުނެ އެވެ. 

އެގޮތުން ޖުމަލް 5081 ތަނަކަށް ނޯޓިސް ފޮނުވާފައިވާނެ ކަމަށާއި ޕެންޝަނާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް، ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަމުން ގެންދޭތޯ ބެލުމަށް އިންސްޕެކްޝަންތަކެއް ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. 

އަހަރީ ރިޕޯޓުގައި އިތުރަށް ބުނީ ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނާއި އަދި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުނުކުރާ 93 ވަޒީފާދޭ ފަރާތުން ޕެންޝަން ކޮންޓްރިބިއުޝަނުގެ ގޮތުގައި ދައްކަންޖެހޭ 5.27 މިލިއަން ރުފިޔާ ހޯދައިދިނުމަށް އެދި ކަލެކްޝަން އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމެންޓުން ވަނީ މިދިޔަ އަހަރު ލީގަލް އެފެއާޒް ޑިޕާޓްމެންޓަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޕެންޝަނާ ބެހޭ ގާނޫނަށް ގެނެވުނު ހަތަރު ވަނަ އިސްލާހާއެކު އެމްއާރުޕީއެސް މެންބަރުންނަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖުގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ހުޅުވާލި އެވެ. 

ޕެންޝަން އޮފީހުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މި ސްކީމުގެ ދަށުން މޯ ލްޑިވްސް ޙައްޖު ކޯ ޕަރޭޝަން މެދުވެރިކޮ ށް ފަރުޟު ޙައްޖުވުމަށް، އެމް.އާރު.ޕީ.އެސް އިން ފައިސާ ދޫކުރުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވިފަރާތްތަކަށް، ޙައްޖަށް ދިއުމަށް ކަނޑައަޅާފައިވާ ރަސްމީ އަގު 69،965 ރުފިޔާގެ 50 އިންސައްތަ ވަނީ ހައްޖު ކޯޕަރޭޝަނަށް ދޫކޮށްފަ އެވެ. އަދި ޝަރުޠު ހަމަވާ 13 މެންބަރުންނަށް ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުން 454،772.50 ރުފިޔާ ދޫކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް