ކަދުރު ބޭނުންވާ މީހުން ނަން ނޯޓުކުރަން އެދިއްޖެ
މާއިދާ މުހައްމަދު ރަޝާދު
20 މޭ 2020 - 20:22:56
މާލެ އާއި ވިލިމާލޭގައި އުޅޭ މީހުންނަށް ބެހުމަށް ލިބިފައިވާ ކަދުރު ހޯދުމަށް އެދި ނަން ނޯޓު ކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.
މިއަދު ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނަށް ބެހުމަށް، މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކަދުރުތަކުގެ ތެރެއިން، ފަގީރުންނަށް ބެހުމަށްފަހު ބާކީ 2903 ޕަކެޓު ކަދުރު އެބަހުރި ކަމަށެވެ.
މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަރަތްތަކުގެ ތެރެއިން ކަދުރު ޕަކެޓު ހޯއްދެވުމަށް ބޭނުންވާ ފަރާތެއްވާނަމަ 9955788 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.
އެގޮތުން މާދަމާ ރޭ 21:00 ގެ ކުރިން ގުޅައި ނަން ނޯޓުކުރުމަށް ސިޓީ ކައުންސިލުގެ އިއުލާނުގައިވެ އެވެ.
"ކަދުރު ޕަކެޓު ދޫކުރެވެމުންދާނީ ހުސް ވަންދެން ފުރަތަމަ އެސްއެމްއެސް ފޮނުއްވާ ފަރާތްތަކަށް އިސްކަންދީގެންކަމުގައި ވެސް ދަންނަން،" ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެ އެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި ކަދުރު ބޭނުންނަމަ އެސްއެމްއެސް ކުރަން ޖެހެނީ އެމީހެއްގެ ފުރިހަމަ ނަމާއި އައިޑީކާޑު ނަމްބަރު އަދި މިހާރު އުޅޭ އެޑްރެހާއި އަވަށާއި މަގުގެ ނަމުގެ އިތުރުން އެމީހަކަށް ގުޅޭނެ ފޯނު ނަމްބަރެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް