ads
އެންގޯލޯ ކާންޓޭ؛ ބިރު ގަންނާތީ ޕްރެކްޓިހުންވަނީ ވީއްލާފައި
ބިރު ގަންނާތީ ކާންޓޭ ޕްރެކްޓިހުން ވީއްލާފައި
ޗެލްސީއަށް ކުޅޭ ފްރާންސްގެ އެންގޯލޯ ކާންޓޭ ، ބިރު ގަންނާތީ ޗެލްސީގެ ޕްރެކްޓިހުން ވީއްލައިފިއެވެ. އެއް ދުވަހުގެ ޕްރެކްޓިހަށް ފަހު ކާންޓޭ ޕްރެކްޓިހުން ވީއްލީ، އޭނާ ބިރު ގަންނާތީއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު، އިނގިރޭސި ކްލަބުތަކުންވަނީ މި ހަފުތާ ތެރޭ ޕްރެކްޓިސް ފަށާފައެވެ. މި ގޮތުން ޗެލްސީންވެސްވަނީ އެ ޓީމުގެ ޕްރެކްޓިސްތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އަންގާރަ ދުވަހު ފަށާފައެވެ. އެހެންނަމަވެސް އަންގާރަ ދުވަހު އޮތް ޕްރެކްޓިހުގައި ބައިވެރިވި ނަމަވެސް ޕްރެކްޓިހުގައި ބައިވެރިވާން ބިރު ގަންނަ ކަމަށް ކާންޓޭ ބުނުމުން އޭނާވަނީ ޕްރެކްޓިސްތަކުން ވީއްލާފައެވެ.

އަންގާރަ ދުވަހު އޮތް ޕްރެކްޓިހަށް ފަހު ކާންޓޭވަނީ އޭނާ ބިރު ގަންނަކަމާއި، ޕްރެކްޓިހުގައި ބައިވެރިވާން ޖެހިލުންވާކަން ކޯޗު ފްރޭންކް ލަމްޕާޑާއި ހިއްސާކޮށްފައެވެ. އަދި އެކަމާއި ގުޅިގެން ލަމްޕާޑްވަނީ ކާންޓޭ ޕްރެކްޓިހުގައި ބައިވެރިނުވިއަސް އެންމެ ރަނގަޅު ކަމަށް ނިންމައި، ގޭގައި ކާންޓޭގެ ޕްރެކްޓިސްތައް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ. ކާންޓޭ އަދި ޗެލްސީގެ އެހެން ކުޅުންތެރިންނާއި އޮފިޝަލުންވެސް އަންގާރަ ދުވަހު ޕްރެކްޓިހަށް ނުކުތީ ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.

ބެލެވޭ ގޮތުގައި ފްރާންސާއި އެކު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ކާންޓޭ ބިރު ގަތީ، އޭނާގެ ސިއްހީ މައްސަލަތަކެއް ކުރިންވެސް ކުރިމަތިވެފައިވާތީއެވެ. އޭނާވަނީ ކުރިން ޕްރެކްޓިހުގައި އުޅެނިކޮށް ދިމާވި ސިއްހީ މައްސަލަތަކަކާއި ގުޅިގެން ހޭނެތިފައެވެ. އެކަމާއި ގުޅިގެން އޭނާގެ ހިތުގެ ޓެސްޓްތަކެއް ހެދި ނަމަވެސް އެ ފަހަރު ސީރިއަސް މައްސަލައެއް ފާހަގަ ކުރެވިފައި ނުވިނަމަވެސް އޭނާގެ ބޭބެ މަރުވެފައިވަނީ ހިތް ހުއްޓިގެންނެވެ. އެހެންކަމުން އެކަންތައްތަކާއި ގުޅިގެން ކާންޓޭ ހިތް ބިރު ގަންނަނީ ކަމަށްވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް