ads
ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ ބޮޑުވަޒީރާއި އެކު-- ފޮޓޯ: ރައީސް އޮފީސް
ކޮވިޑުން އަރައިގަތުމަށް ޖަޕާނުން ރާއްޖެއަށް 21.7 މިލިއަން ރުފިޔާގެ އެހީއެއް ވެއްޖެ
ކޮވީޑް19 ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޖަޕާން ސަރުކާރުން ރާއްޖެއަށް ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް ހިލޭ އެހީ ދީފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި ޖަޕާނުން މިއަދު ދީފައިވަނީ 21،740،400 (އެކާވީސް މިލިއަން ހަތްލައްކަ ސާޅީސް ހާސް ހަތަރު ސަތޭކަ) ދިވެހި ރުފިޔާގެ އެހީއެކެވެ. 

ފޮރިން މިނިސްޓްރީން ބުނެފައިވަނި ކޮވިޑް19 އާއި ގުޅިގެން އިއުލާނު ކޮށްފައިވާ ލޮކްޑައުން ނިމި އިގްތިސާދު އަލުން ހުޅުވޭއިރު، މިއެހީގެ ސަބަބުން ސަރުކާރަށާއި، ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި އިގްތިސާދު ފުޅާކޮށް އައު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމަށް ކުރެވޭ މަސައްކަތަށްވެސް މިއެހީގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. 

ޖަޕާނުން ފޯރުކޮށްދީފައިވާ އެހީއާއިގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. 

މީގެ އިތުރުން މިމަހުގެ ކުރީކޮޅުވެސް ޖަޕާން ސަރުކާރުން ވަނީ ޔުނިސެފް މެދުވެރިކޮށް 5،346،600 ރުފިޔާ އަދި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،775،000 ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް