ads
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ސަން
ސީޔަސީ ބޭނުމުގައި އިލުމުވެރިންގެ ނިންމުމަށް އަދުރޭ ގޮން ޖަހަނީ!
ކޮވިޑް-19 ގުޅިގެން ރައްކާތެރިވުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އެއްތަންވެ އުޅުމުން ބަލި އިތުރަށް ފެތުރިދާނެތީ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ސިއްހީ މާހިރުންވަނީ ލަފާދީފައެވެ. އެހެންކަމުން މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލެވުނެ އެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ގެ  ބަލިން ރައްކާތެރިވުމަށް އެކި ގައުމުތަކުގައި ފިޔަވަޅުތައް ވަރުގަދަ ކުރަމުންދިޔަ އެވެ. އެގޮތުން ރާއްޖެއަށް ކޮވިޑްގެ ބޯ ވިލަގަނޑު ބިންދާލުމުގެ ކުރިން ސަރުކާރުން ފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުންދިޔަ އެވެ.

ކޮވިޑް-19 ގެ އަލާމަތްތަކަކީ އަދައިގެ ރޯގައިގެ އަލާމާތްތަކަށް ވިޔަސް އެ ބައްޔަށް ބޭހެއް ފަރުވާއެއް ހޯދިފައިނުވެ އެވެ. އެ ބަލީގައި މަރުވާ މީހުންގެ އަދަދު ދިޔައީ ހީވެސް ނުކުރާ ވަރަށް އިތުރުވަމުން ނެވެ. އެހެންކަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިރުޝާދު ދެނީ ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުންކަމަށެވެ.

ކޮންމެއަކަސް ސިއްހާތާއި ބެހޭ ޖަމިއްޔާއިންދޭ ލަފާގެ މަތިން ރާއްޖޭން ވެސް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އަޅާނެ ފިޔަވަޅުތަކެއް ނިންމާ އަމަލުކުރަން ފެށުނެވެ. އެގޮތުން  މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރު ކުރުން ހުއްޓާލިކަން އިއުލާންކުރެވިގެން ދިޔުމަކީ  ދިވެހިންގެ ހިތްތަކަށް މާޔޫސްކުރުވަނިވި ކަމަކަށެވެ. 

ނަމަވެސް ސިއްހީ މާހިރުންނާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން އަލުން މިސްކިތްތައް ވަނީ ހުޅުވާލާފައެވެ. 

 ރާއްޖޭގައި ފެތުރެމުންދާ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގެ ތެރެއިން މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން ސަރުކާރުން މެދު ކަނޑާލުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަރަށް ބޮޑަށް ފާޑުކިޔާ ހެދިއެވެ. އެގޮތުން މިސްކިތްތައް ހުޅުވުމަށާއި ސިފައިން ބަހައްޓައިގެން ނަމާދުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ތަކުރާރުކޮށް ސަރުކާރަށް ގޮވާލަމުން ދިޔައެވެ. އޭގެތެރެއިން ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބުރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް ސުޖާއު ހިމެނެ އެވެ.

"މި ބޭފުޅުން ވަރަށް ފަރިތަވާނެ މިސްކިތް ބަންދުކުރަންވީމަ. އެއީ މި ބޭފުޅުންގެ ސަރުކާރަކީ މައިގަނޑު ގޮތެއްގައި އެމްޑީޕީގެ ފިކުރަކީ އަދި ވެރިކަން ހިންގާ ބޭފުންނަކީ ލާދީނީ ފިކުރޭ މިކިޔާ ފިކުރުގެ މިހުންކަމަށް ބައެއް މީހުން ބުނާތީ އަޅުގަނޑުމެންނަށް އަޑުއިވެނީ. ހަމަ އެއާއެކު އިސްލާމްދީނާ ބީރައްޓެހި ކަންކަން ތައަރަފްކުރުން މަސައްކަތްކުރާ ބައެއް މިއީ. މިސްކިތް ބަންދުކުރަންވީމަ ވަރަށް ފަރިތަ " އަބްދުރަހީމް ވިދާޅުވި އެވެ.

ކޮންމެއަކަސް ދީނީ އިލްމުވެރިން މަޝްވަރާގެ މަތިން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލައި މިސްކިތް ބަންދުކުރީ އެންމެގެ ރައްކާތެރިަކަމަށެވެ. ނަމަވެސް އިލްމުވެރިންގެ މައްޗަށް ބަސްކިޔާ ދިނީ ކަންކަމުގައި ސިޔާސީ ފަރާތްތަކަށް އޮތީ ކޮން ހައްގެތް ހެއްޔެވެ. އަދި ދީނީ ގޮތުން ނިންމާ ކަންކަމަށް ފާޑިކިޔޭ ވަރަށް ތައުލީމު ހާސިލްކުރީ ދުނިޔޭގެ ކޮން ޔުނިވާ ސިޓީއަކުން ތޯ ސުވާލު އުފެދެ އެވެ. އަދި ދީނީ އިލްމު އުނގެނުމުގެ ރޮނގުން ލިބުނު ސެޓްފިކެޓްތަކާއި ، ދަރުސް ދިނުމުގެ ހުއްދަ ހޯދީ ކޮންތާކުން ތޯ އަކީވެސް އުފެދޭ ސުވާލު ނޫންތޯ އެވެ؟

ނަމަވެސް ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ސިއްހީ މާހިރުންގެ ލަފަޔާއި ، އިސްލާމިކް މިނިސްޓްރީއާ ، ރާއްޖޭގެ ފަތުވާދޭ މަޖިލީހުގެ އިތުރުން ދީނީ އިލްމުވެރިންގެ މަޝްވަރާގެ މަތިންނެވެ. އަދި ބޮޑެތި އިސްލާމީ ގައުމުތަކުގައިވެސް މިސްކިތްތައް ބަންދުކުރެވި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރު ކުރުން ހުއްޓާލުމާ ގުޅިގެންނެވެ. އެގޮތުން މައްކާގެ ހަރަމްފުޅު ގައި ނަމާދުކުރުން މެދުކަނޑާލައި ހައްޖުގެ މާތް އަޅުކަން ކުރުމަށް އެގައުމަށް އައުން މަނާކުރެވުނެވެ. ރަމަޟާން މަހު ނަމާދުތައް ވެސް ގޭގައި ކުރާ ގޮތަށް ބަދަލުކުރެވުނެ އެވެ. އެހެންކަމުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެކަން ކުރުމަށް ރާއްޖޭން ވެސް އަމަލުކުރަން ނިންމި އެވެ.

" އިސްލާމް ދީނަކީ ރަހުމަތުގެ ދީންކަމަށާއި، ނަސްފުތަކަށް ރަހުމު ކުރުމާއި އެކު ނަފްސުތަކަށް ގެއްލުންދޭ ކަންކަމުން ދުރުވުމަށް އިސްލާމް ދީން ގޮވާލާކަމަށެވެ. ޝޭހް އިލްޔާސް ޖަމާލް ވިދާޅުވީ އެފަދަ ހާލަތަކަށް ގޮސްފިކަމުގައި ވާނަމަ ގޭގައި ނަމާދު ކުރުން އެންމެންގެ މައްޗަށް ޝަރުއުވެގެންވާކަމެކެވެ." ކޮވިޑް19 އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފައިވާ ވީޑިއޯ ކްލިޕެއްގައި ޝޭހް ޝޭހް އިލްޔާސް ޖަމާލް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން މިސްކިތް ހުޅުވައި ނަމާދުކުރަން ގޮވާލަމުން އަންނައިރު ވިސްނާލަންޖެހޭ ކަމަކީ ބައްޔާ ގުޅިގެން މިސްކިތުގައި ނަމާދު ނުކުރުމަށް ދީނީ އިލްމުވެރިން އެއްބަސްވާނީ އެކަމުގައި އޮންނަ ގޮތް ބަލާފަ ނޫންކަން އެނގެ އެވެ. އަދި އިސްލާމީ ތާރީހުގައި ހިނގާފައިވާ ބޮޑެތި ބަލި މަޑުކަމުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާފަކަން ވާހަކައެއް ފެތުރުމުގެ ކުރިން ވިސްނާލަން ޖެހެއެވެ.

މިސްކިތްތައް ނުހުޅުވައިގެން ފާޑުކިޔާއިރު އިސްލާމް ދީނުގެ މައުލޫމާތު އެންމެ ރަނގަޅަށް އެންގިގެން ތިބި އިލްމުވެރިންގެ ނިންމުމަށް އާދައިގެ މީހަކަށް ބަސް ބުނާނީ ކޮން ހައިސިއްޔަތަކުން ތޯ އެވެ؟  އަދި ގުރުއާނުގެ ކޮން ސޫރަތެއްގެ ކޮން އަޔަތަކަށް ބަރޯސާވެގެން ތޯއެވެ؟ އަދި މުހައްމަދު ސ.ވ.މ ގެ ކޮން ހަދީސްއަކަށް ބުރަވެގެން ތޯ ހެކި ދެއްކެން ޖެހޭނެ އެވެ.

ފުރަތަމަ ކަމަކީ ކެތްތެރިވުން، އެއާއެކު ފަރުޟު ފަސް ނަމާދަށް ފަރުވާ ބެހެއްޓުމާއި، ސަޖިދައިގައި ގިނަ ގިނައިން ފާފަ ފުއްސެވުން އެދި ދުއާ ކުރުމާއެކު ސަބަބުތަކުގައި ހިފުން، ސަބަބުތަކުގައި ހިފުމަކީ ބޭސް ކުރުން އެކަންޏެެއް ނޫން، އޭގެ އިތުރުން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުވެސް ކުރުން" މިއަދުގެ ހުކުުރު ހުތުބާގައި ބުނެފައިވެ އެވެ.

ކޮންމެއަކަސް މިސްކިތްތައް ބަންދުކުރަން ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާ، ދީނީ އިލްމުވެރިންގެ ހިޔާލާ މަޝްވަރާ ހޯދައިގެންނެވެ. އަދި އެކަމަށް އިލުމުވެރިން އިއްތިފާގުވެފައިވާތީ އެވެ. އަދި ދުނިޔޭގެ ބޮޑެތި އިސްލާމީ ގައުމުތަކުގައި އަމަލުކުރަމުން އަންނަ ގޮތަށް ބަލާފައެވެ. އެހެންކަމުން މެޑަލް ޖަހަންވިޔަސް ފިތުނަ ފަސާދަ އުފެދޭ ގޮތަށް ވާހަކަ ދެއްކުމުން ދުރުވާންޖެހެއެވެ. އަދި އެފަދަ އަމަލުތަށް ކުރުމަށް އަހަރުމެންގެ ދީން ހުއްދައެއް ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް