ads
ބޮނީ ކަޕޫރު އޭނާގެ ހަތަރު ދަރިންނާއެކު--
ބޮނީ ކަޕޫރުގެ ގެއިން އިތުރު ދެ މީހަކަށް ކޮވިޑް-19 ޖެހިއްޖެ
ބޮލީވުޑުގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ބޮނީ ކަޕޫރުގެ ގޭގައި މަސައްކަތް ކުރާ އިތުރު ބަޔަކަށް ކޮވިޑް-19 ޖެހިއްޖެ އެވެ.
Advertisement

އެގެއިން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ބޮނީ އިއުލާންކުރީ މިމަހުގެ 19 ވަނަ ދުވަހު ނެރުނު ބަޔާނެއްގަ އެވެ. 

އެ ދުވަހު ބުނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ގޭގައި މަސައްކަތް ކުރާ 23 އަހަރުގެ މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނުމާއެކު އޭނާ އައިސޮލޭޓްކުރި ކަމަށެވެ. އަދި ފަހުން އޭނާ ބައްޔަށް ޕޮޒިޓިވްވިއިރު ކަރަންޓީނަށް ގެންގޮސްފައިވާކަމަށް އެ ދުވަހު ބުންޏެވެ.

އިތުރަށް އެ ދުވަހުގެ ބަޔާނުގައި ބުނީ އިތުރު މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އެކަމަކު އިންޑިއާގެ ބޮޑެތި ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އެގެއިން އިތުރު ދެ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. 

އިތުރު ދެ މީހަކު އެގެއިން ބައްޔަށް ޕޮޒިޓިވްވި ނަމަވެސް އެކަން ބޮނީ މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ. 

ބޮނީ ދިރިއުޅެމުން އަންނަނީ އޭނާގެ ދަރިފުޅު އަދި ފިލްމީ ތަރި ޖާންވީ ކަޕޫރާއި ހުށީ އާއެކު މުމްބާއީގެ ލޮކަންޑްވާލާ ކޮމްޕްލެސްގަ އެވެ. 

ބޮނީގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެކުދިން އުޅެނީ ވަކިންނެވެ. އެކަމަކު ބޮނީގެ ދެވަނަ އަންހެނުން ޝްރީވޭދީގެ މަރާއެކު ޖާންވީ އާއި ހުށީ އާއެކު އޮންނަ ގުޅުން ވަނީ އިތުރުވެފަ އެވެ. އަދި ވަރަށް ގިނައިން އެކުގައި އުޅެ އެވެ. އިންޑިއާ މިވަގުތު ލޮކްޑައުނެއްގައި އޮތުމުން އަރުޖުން ކަޕޫރާއި އަނުޝުލާއަށް ބައްޕަގެ ގެއަކަށް ނުދެވެ އެވެ. 

ގޭގައި މަސައްކަތް ކުރާ މީހަކަށް ކޮވިޑް ޖެހިފައިވާކަން ހާމަކޮށް އޭނާ ވަނީ ބަޔާނެއް ނެރެން ޖެހުނު ސަބަބު ވެސް އޮޅުން ފިލުވައިދީފަ އެވެ. އެގޮތުން ބުނީ އެކަމާއި ގުޅިގެން ތަފާތު އަޑުތައް އަރަން ބޭނުން ނުވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް