ads
މަބްރޫކް އަޒީޒް---
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އަހަރުގެ މެދު ތެރޭގައި: މަބްރޫކް
އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ އެޑިއުކޭޝަން މިނިސްޓްރީން މިއަދު މުހިއްމު ނިންމުމެއް ނިންމާފައިވާކަން ފާހަގަކުރައްވާ އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ވިދާޅުވެފަ އެވެ. 

އެ ޕްރެސް ފެށުމުކުގެ ކުޑަވަގުތުކޮޅެއް ކުރިން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އަންނަ އަހަރުގެ މެދު ތެރޭގައި ކިޔެވުން ފަށަން ނިންމާފައިވާއިރު އެ ބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި، މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފަޔާއެކު ނިންމާފައިވާ ކަމަށެވެ.

އަދި އެ ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރެވެމުން އެބަދާ ކަމަށާއި މަޝްވަރާތަކަށްފަހު އެކަޑަމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ލަސް ނުވެ އިއުލާނުކުރެވޭނެ ކަމަށެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނު ވެސް އަންނަ އަހަރަށް ފަސްކޮށްފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު ގްރޭޑް ދިހައެއްގައި ކިޔަވަމުން އަންނަ ދަރިވަރުން އަންނަ އަހަރުގެ މޭ ޖޫން އިމްތިހާނުތައް ނިމެންދެން އެ ދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް