ads
ފޮޓޯ: ފޭސްބުކް--
ހުރާ ރައްޔިތުންގެ ފަރާތުން އަދާރަން ކަރަންޓީން ފެސިލިޓީއަށް އީދު ހަދިޔާ ދީފި
ކ. ހުރާ ރައްޔިތުންގެ ފަރާތުން އަދާރަން ކަރަންޓީން ފެސިލިޓީގައި ތިބި މީހުންނަށް އީދު ހަދިޔާގެ ގޮތުގައި މެންދުރު ކެއުން ފޯރުކޮށްދީފި އެވެ.

ހުރާގެ ރައްޔިތުން އަދާރަން ސެލެކްޓް ހުދުރަންފުށީގެ ކަރަންޓީން ފެސިލިޓީގައި ތިބި 190 މީހަކަށް މިއަދުގެ މެންދުރުގެ ކެއުން އީދު ހަދިޔާއެއްގެ ގޮތުގައި ދީފައިވާ ކަމަށް އެ ރަށުގެ ކައުންސިލުގެ ރައީސް ރައީސް އީސާ އަހުމަދު ސީއެންއެމްއަށް ވިދާޅުވެ އެވެ.

އެގޮތުން، އަދާރަން ކަރަންޓީން ފެސިލިޓީ އަށް މިއަދުގެ މެންދުރު ކެއުން އެ ރަށުން ހަދިޔާ ކޮށްފައި ވަނީ ރަށުގެ ހުރިހާ ރައްޔިތުން ގެ އެއްބާރުލުމާއި ހެލްތު މިނިސްޓްރީ އަދި ކައުންސިލުން ގުޅިގެން ކަމަށް ވިދާޅުވި އެވެ. 

އެ ހަރަކާތަކީ އެރަށުގެ ހެލްތު ސެންޓަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއްކަން ފާހަގަކުރައްވަމުން އީސަ ވިދާޅުވީ އީދު ހަދިޔާ ފޯރުކޮށް ދިނުމަށް ރަށުގެ ހުރިހާ ރައްޔިތުންގެވެސް އެއްބާރުލުން ލިބިފައިވާ ކަމަށާއި، ހުރިހާ ގެއަކުން ވެސް ކަރަންޓީން ފެސިލިޓީއަށް ދިނުމުގެ ގޮތުން ކެއުން ތައްޔާރު ކޮށްފައިވާ ކަމަށެވެ.

އީސަ އިތުރަށް ވިދާޅުވި ގޮތުގައި، އަދާރަން ކަރަންޓީން ފެސިލިޓީއަށް ކާ އެއްޗެހި ގެންދިޔައީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ގުޅިގެންނެވެ. 

އެހެން އަހަރު ތަކުގެ ފިތުރު އީދު ދުވަހަކީ އެ ރަށުގެ ރައްޔިތުން ކެއްކުމަށް ފަހު ތައްޔާރުކުރާ ސާމާނު ގޭގޭގެ ދޮރު މައްޗަށް އެތަނުގައި ސުފުރާ ތައްޔާރުކުރާ ދުވަހެކެވެ. ރަށަށް އެ ދުވަހު ދާ މީހުންނާއި، ރަށުގައި އުޅޭ މީހުންނަށް ކޮންމެ ގެއެއްގެ ސުފުރާ މަތިން ވެސް ކެއުމުގެ ދައުވަތު އަރުވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް