ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑުގައި 190 މިލިއަން ޑޮލަރު ހުންނާނެ: މިނިސްޓަރު އަމީރު
ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑުގައި މިހާރުވެސް 190 މިލިއަން ޑޮލަރު ހުންނާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހޮނިހިރު ދުވަހު ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ސޮވަރިން ޑިވެލޮޕްމްންޓް ފަންޑަށް ބަޖެޓްގެ ތެރެއިން ވެސް ފައިސާ ޖަމާކުރަމުން އައިސްފައިވާ ކަމަށެވެ. 

އެގޮތުން މި ސަރުކާރުން ދައުލަތާއި ހަވާލުވި އިރު، އެސްޑީއެފް ފަންޑުގައި ހުރީ 98 މިލިއަން ޑޮލަރު ކަމަށާއި އެހްންނަމަވެސް މިހާރު މި ފަންޑުގައި ގާތްގަނޑަކަށް 190 މިލިއަން ޑޮލަރު ހުންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ފަންޑަށް ފައިސާ ޖަމާކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ 2022 ވަނަ އަހަރަށް ސަރުކާރުގެ ބޮންޑުތަކަށް ފައިސާ ދެއްކޭވަރަށް އިންވެސްޓް ކުރުމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު މެޗުއާވާ ބޮންޑުތަކެއް އެބަހުރި ކަމަށެވެ. 

އެގޮތުން 2022 ވަނަ އަހަރަށް މެޗުއާ ވަނީ 250 މިލިއަން ޑޮލަރުގެ ބޮންޑެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި 2023 ވަނަ އަހަރު މެޗުއާވާ 100 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޕްލޭސްޓް ބޮންޑެއް އެބައޮތް ކަމަށާއި އެހެންނަމަވެސް އެ ބޮންޑު އިތުރު ތިން އަހަރަށް މިހާރު އިތުރުކޮށްފައި ވުމުން ބޮންޑު މެޗުއާ ވާނީ 2026 ވަނަ އަހަރަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޑީއެފް އުފެއްދީ ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި އިގްތިސޯދަށް ލިބޭ ގެއްލުންތަކަކާ ގުޅިގެން ދިމާވެދާނެ މައްސަލަތައް ފޫބެއްދުމަށް ހަރަދުކުރާ ފަންޑެއްގެ ގޮތުގަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް