ads
ޗޮކްލެޓް މޫސް އެންމެ ތިން އިންގްރިޑިއެންޓް ބޭނުން ކޮށްގެން
އެންމެ ތިން އިނގްރިޑިއެންޓް ބޭނުން ކޮށްގެން ގޭގައި ޗޮކޮލެޓް މޫސް ތައްޔާރު ކޮށްލެވިދާނެ އެވެ.

ލޮކްޑައުންގައި ގޭތެރޭގައި ފާޑުފާޑު ގެ އެއްޗެހި ހަދައިގެން ގޭގައި ކެއުމަކީ ގިނަ ބަޔަކު މިހާރު ކޮށް އުޅޭ ކަމެކެވެ. އެގޮތުން، އެހެން ނޫނީ ގޭގައި އާންމު ކޮށް ތައްޔާރުކޮށް ނޫޅޭ ފަދަ ކާ އެއްޗެހި ގޭގައި ތައްޔާރު ކޮށްލުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. މިއަދު އަޅުގަނޑުމެން މި ބަލައިލަނީ އެންމެ ތިން އެއްޗެއް ބޭނުން ކޮށްގެން ގޭގައި ޗޮކްލެޓް މޫސް ތައްޔާރު ކުރާނެ ގޮތަށެވެ.

ބޭނުންވާނެ ތަކެތި:

  • 120 ގްރާމް/ 130 ގްރާމުގެ ޗޮކްލެޓް ފޮތި ކޮޅެއް
  • ފްރެޝް ކްރީމް ކިރު
  • އަންސޯލްޓެޑް ބަޓާ

ހަދާނެ ގޮތް:

  • ފުރަތަމަ ޗޮކްލެޓް ފޮތި ކޮޅު 15 މިލިމީޓަރަށް ކުދި ކުރާށެވެ. ކުދ ކުރުމަށް ފަހު ބޯ ތައްޓަކަށް އަޅާށެވެ.
  • ދެން 30 މިލިލީޓރުގެ ފްރެޝް ކްރީމް ނެގުމަށްފަހު 30 މިނެޓު ވަންދެން ފްރިޖައްލާ ފިނި ކޮށްލާ ށެވެ.
  • ބާކީ ހުރި 7 މިލިލީޓަރުގެ ފްރެޝް ކްރީމް ތެއްޔަކަށް އެޅުމަށް ފަހު 80 ޑިގްރީ ގައި ބަހަށްޓާ ހޫނު ކޮށްލާށެވެ. ހޫނު ކުރަމުންދާ އިރު، އެއަށް އަންސޯލްޓެޑް ބަޓާ އަޅާށެވެ.
  • ދެން ހޫނު ކުރަމުންދާ ކިރު އެތި ތެރެއަށް ޗޮކްލެޓް ފޮތީތައް އަޅާށެވެ. އެޅުމަށް ފަހު އުނދުން ނިއްވާލާ ހިހޫ ވަންދެން 7 ވަރަކަށް މިނެޓު ބަހައްޓާށެވެ.
  • ދެން ސަމްސަލެއް ބޭނުން ކޮށްގެން ޗޮކްލެޓްތައް ރީއްޗައް ޗިސް ކޮށްލާށެވެ. އެއަށް ފަހު ހޭންޑް މިކްސްޗަރެއް ބޭނުން ކޮށްގެން 3 މިނެޓު ވަންދެން ހުރިހާ އެއްޗެއް އެކޮށްލާށެވެ.
  • އެއަށް ފަހު ފިނި ކުރަންލީ ކްރީމް އެއަށް އަޅާށެވެ.
  • ދެން 20 މިނެޓު ވަންދެން އަނެއްކާވެސް ހުރިހާ އެއްޗެއް މިކްސް ކޮށްލާށެވެ.
  • ޗޮކްލެޓް މޫސް ހެން ކްރީމް ގަނޑު ވުމުން، ފިނި ކޮށްލުމަށް ފްރިޖަށް ލާށެވެ.
  • އަދި ސުފުރާ މައްޗައް ނަގާއިރު، ކޮކޯ ޕައުޑާ ނުވަތަ ކޮފީ ޕައުޑާ ޓޮޕިން އެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެވެ. ނުވަތަ ކޮންމެސް ކަހަލަ މޭވާ ކޮޅެއް މަތީގައި ބާއްވާލެވިދާނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް