ads
ރެއާލް ބެޓިސްއާ ސެވިއްޔާގެ މެޗެއްގެ ތެރެއިން
ރެއާލް ބެޓިސްއާ ސެވިއްޔާގެ މެޗުން ލަލީގާ ފަށަނީ
ޖޫން މަހުގެ އެގާރަވަނަ ދުވަހު ރެއާލް ބެޓިސްއާއި ސެވިއްޔާގެ މެޗުން ލަލީގާ އަލުން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

ލަލީގާ އަލުން ފެށި ނަމަވެސް މެޗުތައް ކުޅޭނީ ސަޕޯޓަރުން ދަނޑަށް ނުވައްދަ އެވެ.

ޖޫން މަހުގެ އެގާރަވަނަ ދުވަހު، ރެއާލް ބެޓިސްއާއި ސެވިއްޔާގެ މެޗުން ލަލީގާ އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު، ޖޫން މަހުގެ އަށްވަނަ ދުވަހުގެ ފަހުން ލީގު ކުޅެން ފެށުމުގެ ހުއްދަ ސްޕެއިން ސަރުކާރުން ވަނީ ދީފަ އެވެ. އަދި ކްލަބުތަކުން މިހާރު އަންނަނީ ލީގު އަލުން ފެށުމަށް ޕްރެކްޓިސްވެސް ކުރަމުންނެވެ.

މާޗު މަހުން ފެށިގެން މެދުކަނޑާލާފައިވާ ލަލީގާގެ ކުޅުން އަލުން ފެށުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، ކްލަބުތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު މިހާރު ޕްރެކްޓިސް ކުރަމުންނެވެ. ލީގު މެދު ކަނޑާލިއިރު ޓޭބަލްގެ އެއްވަނައިގަ އޮތީ ބާސެލޯނާ އެވެ. ދެވަނައިގަ އޮތީ ރިއަލް މެޑްރިޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް