ads
ގްރެޖުއޭޝަންގައި ބައިވެރި ނުވެވޭ ކުދިންނަށް އޮންލައިންކޮށް ހަފްލާ ބާއްވަދީފި
ލޮކްޑައުން އަމުރާއި ގުޅިގެން ގްރެޖުއޭޝަންގައި ބައިވެރިވެވެން ނެތް ކުދިންނަށް އޮންލައިންކޮށް ހަފްލާ ބާއްވަދޭން ބައެއް ޔުނިވާސިޓީތަކާއި ކޮލެޖުތަކުން ފަށައިފިއެވެ.

ޗައިނާ ގެ ނަންޖިން ޔުނިވާސިޓީ އޮފް ޕޯސްޓްސް އެންޑް ޓެލެކޮމިނުކޭޝަންސް އިން ވެސް ނުނެތޭ ކަހަލަ، ފާހަގަ ކޮށްލެވޭ ގްރެޖުއޭޝަން ހަފްލާ އެއް ވަނީ ކުރިއަށް ގެންގޮއްސަ އެވެ. އެގޮތުން އެ ހަފްލާ ބާއްވާފައިވަނީ ނޮވެލް ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ގްރެޖުއޭޝަން ހަފްލާ އަށް ދެވެން ނެތް ކުދިންނަ ށެވެ.

އެގޮތުން ގްރެޖުއޭޓުވާ ދަރިވަރުނގެ ގޮތުގައި އެވެޓާ ރޮބޮޓު ތަކެއް ބަހައްޓާފައިވާއިރު، ދަރިވަރުންގެ މޫނު ރޮބޮޓުގައި ހަރުކޮށްފައިވާ ކެމެރާ އަކުން ދައްކުވައިދެ އެވެ. އަދި އެ ކުއްޖެއްގެ ވަގުތު އައިސް ޖެހުމުން ސެޓްފިކެޓް ބަލާ ކޮންމެ ކުއްޖެއްގެ ރޮބޮޓު ޓީޗަރު ކައިރިއަށްދާ މަންޒަރު ޕީޕަލްސް ޑެއިލީ، ޗައިނާއ އިން ކޮށްފައިވާ ޓްވީޓަކުން ދައްކުވައިދެ އެވެ. އެ ހަފްލާ ކުރިއަށްދާއިރު، ހަފްލާގެ ކުދިންނަށް ވީޑިއޯ ކޮންފެރެންސިންގެ ޒަރިއްޔާގައި ގުޅާފައިވާ މަންޒަރުވެސް އެ ވީޑިއޯ އިން ދައްކުވައިދެ އެވެ.

މި އަހަރުގެ އޭޕްރީލް މަހު ޖަޕާން އިން ވެސް ވަނީ މިގޮތަށް ގްރެޖުއޭޝަން ހަފްލާ އެއް ކުރިއަށް ގެން ގޮއްސަ އެވެ. ރޮބޮޓުތަކެއް ކުއްޖާ ގެ ބަދަލުގައި ސެޓްފިކެޓް ބަލާ ދާއިރު އެ ކުއްޖެއްގެ މޫނު އައި ޕެޑަކުން ދައްކުވައިދެ އެވެ. ޖަޕާނުން ވެސް އެ ހަފްލާ އެ ގޮތަށް ކުރިއަށް ގެންދިއައީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން އެ ޔުނިވާސިޓީގެ ކުދިންނަށް ގްރެޖުއޭޝަން ހަފްލާއަށް ދެވޭނެ ގޮތް ނުވުމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް