މާރިޗު މަހު މެދު ކަނޑާލި ފުޓްބޯޅަ ޖަރުމަނުގައި އަލުން ފެށިފައިވާއިރު، މިރޭގެ މެޗު ވެގެންދާނީ ގިޔަ ބައެއްގެ ސަމާލުކަން ހުއްޓޭޏެ ބޮޑު މެޗަކަށެވެ. ލީގުގެ ދެ ވަނައިގައި މިވަގުތު އޮތް ބޮރޫޝިއާ ޑޯޓްމަންޑުން މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ލީގުގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކާ ދެކޮޅަށެވެ. ލީގުގެ އެއް ވަނައިގައި މިވަގުތު ބަޔާން އޮތީ ހަތާވީސް މެޗުން ފަސްދޮޅަސްއެއް ޕޮއިންޓް ހޯދައިގެންނެވެ. ފަހަތުން ޑޯޓްމަންޑުން ވިއްދާފައި އޮތީ، ހަތާވީސް މެޗުން ފަންސާސް ހަތް ޕޮއިންޓާއި އެކުގައެވެ.
ދިގު ބްރޭކަކަށް ފަހު އަލުން ބުންޑަސް ލީގާ ފަށާފައިވާއިރު، ފަށައިގެން ކުޅުނު ދެ މެޗުންވެސް މި ދެ ޓީމުވެސްވަނީ މޮޅުވެފައެވެ. މިރޭގެ މެޗަކީ ބްރޭކަށް ފަހު މި ދެ ޓީމުވެސް ކުޅޭ ތިންވަނަ މެޗެވެ. މި މެޗު ފެށޭނީ ރާއްޖޭ ގަޑިން ނުވަގަޑި ބައިގައެވެ.