ބޮރޫޝިޔާ ޑޯޓްމަންޑުގެ މައްޗަށް އަންގާރަ ދުވަހުގެ ރޭ އެއް ލަނޑު ސުން ލަނޑުން ކުރި ހޯދައި، ބަޔާނުން އެއްވަނައިގަ ފަރަގު ބޮޑު ކުރީ ހަތް ޕޮއިންޓުގެ ތަފާތަކުން ނެވެ. މި މޮޅާއި އެކު ބަޔާނަށް އަށާވީސް މެޗުން ފަސްދޮޅަށް ހަތަރު ޕޮއިންޓް ލިބުނު އިރު ޑޯޓްމަންޑް އޮތީ ދެވަނައިގަ އެވެ. މެޗުގެ ހަމަ އެކަނި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ، ޑިފެންޑަރު ޖޯޝުއާ ކިމިޗް އެވެ.
ލީގުގައި ބަޔާނުން ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރޭ އެވެ. އެރޭ ބަޔާން ނުކުންނާނީ ފޯޓޫނާ ޑުސެލްޑޯފްއާ ދެކޮޅަށެވެ. އަދި ޑޯޓްމުންޑް އާދީއްތަ ދުވަހުގެރޭ ނުކުންނާނީ ޕަޑާބޯންއާ ދެކޮޅަށެވެ.