ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިސްނަގައިގެން ފުވައްމުލައް ސިޓީ ކައުނންސިލާއި ގުޅިގެން ކުރިއަށްގެންދާ ނެޓްބޯޅް އަމްޕަޔަރިންގ އަދި ކޯޗިންގ ކޯހެއް ފުވައްމުލައް ސިޓީގައި ފެށިއްޖެއެވެ.

Advertisement
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިސްނަގައިގެން ފުވައްމުލައް ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ ނެޓްބޯޅަ އަމްޕަޔަރިން އަދި ކޯޗިން ކޯހެއް ފުވައްމުލައް ސިޓީގައި ފަށައިފި އެވެ.
މިކޯހަކީ ރާއްޖޭގެ ނެޓްބޯލް އެސޯސިއޭޝަންގެ ފަރާތުން މިމަހުގެ 14 އިން އަންނަ މަހުގެ 11 އަށް ރާއްޖޭގެ ފަސް ޒޯނަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޯހެއް ކަމަށް ފުވައްމުލަކު ކައުންސިލުން މައުލޫމާތުދެ އެވެ.
ފުވައްމުލައް ސިޓީގައި މިކޯހުގައި ކިޔަވައިދެނީ ނެޓްބޯލް އެސޯސިއޭޝަންގެ އިންސްޓްރަކްޓަރުން ކަމަށްވެސް ކައުންސިލުން ބުނެ އެވެ. ކޯސް ކުރިއަށް ގެންދަނީ ޕްރެކްޓިކަލް އަދި ތިޔަރީ ކްލާސްތަކަކަށް ބަހާލައިގެން ތިން ދަންފަޅިއަކަށެވެ.
މި ކޯސްތަކުގެ މަގުސަދަކީ ޒޯން އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތްތައް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ޓެކްނިކަލް މީހުން ބިނާކުރުމެވެ.
ފުވައްމުލައް ސިޓީގެ އިތުރުން މިކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ލ. ފޮނަދޫ، ހދ. ކުޅުދުއްފުށި، ނ. ހޮޅުދޫ އަދި އއ. މަހިބަދޫ އެވެ.