ކޮވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެދު ކަނޑާލާފައި އޮތުމަށް ފަހު އަލުން ފަށާފައިވާ ބުންޑަސްލީގާގައި ކުޅުނު ހަތަރު މެޗުންވެސް ބަޔާންވަނީ މޮޅުވެފައެވެ. ހޮނިހިރު ދުވަހުގެ ރޭގެ މޮޅާއި އެކު ބަޔާނުން އެއްވަނައިގަ ދިހަ ޕޮއިންޓްގެ ފަރަގެއް ހޯދީ އޮނަތިރީސް މެޗުން ފަސްދޮޅަސް ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގަ އޮތް ޑޯޓްމަންޑަށް އަށާވީސް މެޗުން ލިބިފައިވަނީ ފަންސާސް ހަތް ޕޮއިންޓެވެ.
ދިހަ ޕޮއިންޓްގެ ފަރަގަކާއި އެކު އެއްވަނައިގަ ބަޔާން މިއުނިކް އޮތް ނަމަވެސް އާދިއްތަ ދުވަހުގެ ރޭ ޑޯޓްމަންޓް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އެ ޓީމަށް އެއްވަނައާއި މެދު ފަރަގު ކުޑަ ކުރެވޭނެއެވެ. އާދިއްތަ ދުވަހުގެ ރޭ ޑޯޓްމަންޑް ނުކުންނާނީ ޕަޑާބޯންއާ ދެކޮޅަށެވެ.