ads
އިކާޑީ؛ އެއްބަސްވުނުްވަނީ ދާއިމީކޮށްފައި
އިކާޑީގެ ކޮންޓްރެކްޓް ޕީއެސްޖީން ދާއިމީ ކޮށްފި
ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އިންޓަ މިލާނުން ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އައި މައުކޯ އިކާޑީގެ އެއްބަސްވުން ދާއިމީކޮށްފި އެވެ.

ޕީއެސްޖީން އިކާޑީގެ ކޮންޓްރެކްޓް އިތުރު ކުރީ ހަތަރު އަހަރަށެވެ. އިކާޑީވަނީ ނިމުނު ލީގުގައި ޕީއެސްޖީއަށް ވިހި ލަނޑު ޖަހާފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިކާޑީގެ އެއްބަސްވުން ދާއިމީ ވުމާއި އެކު ޕީއެސްޖީން ކަވާނީ ދޫކޮށްލުމަކީ އެކަށީގެންވާ ކަމެކެވެ. ކަވާނީގެ ކޮންޓްރެކްޓް ސީޒަން ނިމުމައި އެކު ހަމަވާނެ އެވެ.

އުމުރުން 27 އަހަރުގެ އިކާޑީ އިޓަލީގެ އިންޓަ މިލާނާ ގުޅުނީ ސަމްޕްޑޯރިއާ އިން ދެހާސް ތޭރަވަނަ އަހަރު އެވެ. އިކާޑީ ލޯނެއްގެ ދަށުން ޕީއެސްޖީއަށް ބަދަލުވުމުން އިންޓަމިލާނުގެ ފޯވާޑަށް ކުޅުނީ ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އާއި އާޖެންޓީނާގެ ލޮޓާރޯ މާޓިނޭޒެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް