އަނިޔާގެ ސަބަބުން، ޑޯޓްމަންޑްގެ ތަރި އާލިން ހާލަންޑް ނުލާ ކުޅުނު މި މެޗުގައި ހެޓްރިކް ހަދާ ތަރިއަކަށްވީ ޖޭޑަން ސަންޗޯ އެވެ. މި ނަތީޖާއާއި އެކު ޑޯޓްމުންޑުންވަނީ އަނެއްކާވެސް އެއްވަނައިގަ އޮތް ބަޔާން މިއުނިކާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފައެވެ.
މެޗުގެ ކުރިން އެއްވަނައިގަ ބަޔާނުން އޮތީ ދިހަ ޕޮއިންޓްގެ ލީޑަކާއި އެކުއެވެ. އެހެންނަމަވެސް ޑޯޓްމަންޑް މޮޅުވުމާއި އެކު އަނެއްކާވެސް ފަރަގު ހަތް ޕޮއިންޓަށް ކުޑަވީއެވެ. ބަޔާން އެއްވަނައިގައި އޮތީ ކުޅުނު އޮނަތިރީސް މެޗުން ފަސްދޮޅަސް ހަތް ޕޮއިންޓް ހޯދައިގެންނެވެ. ޑޯޓްމަންޑަށް އޮނަތިރީސް މެޗުން ލިބިފައިވަނީ ފަސްދޮޅަސް ޕޮއިންޓެވެ.