ads
ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ--
އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ދަނާލުގައި ބޯހިޔާވަހިކަން ވަނީ ހަމަޖައްސާފައި
މާލެ ސަރަހައްދު، ލޮކްޑައުންކޮށްފައިވާ މި މުއްދަތުގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވެގެން ރިޕޯޓްކުރި ފަރާތްތަކަށް ދަނާލުގައި ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވެއްޖެ އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުމްނާ ވިދާޅުވީ، ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސުމުގެ ކަންކަން ފެށިގެން އައީ މާލެ ސަރަހައްދަށް ގެނައި ލޮކްޑައުންއާ ގުޅިގެން މަގުމަތީގައި ހާލުގައި ޖެހިފައިވާ މީހުން ފުލުހުންގެ ސަމާލުކަމަށް އައި ހިސާބުން ކަމަށެވެ. 

އެގޮތުން ވަންނާނެ ތަނެއް ނެތި އުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާދުއްދީން ސްކޫލު ހަމަޖައްސާފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ، މަގުމަތީގައި އުޅޭ މީހުންނާއި މާލޭގައި ދިރިއުޅޭނެ ގޮތެއް ނެތި އުޅޭ މީހުންގެ އިތުރުން ޖަލުން ދޫކޮށްލުމުން ވަންނާނެ ތަނެއް ނެތް މީހުންނަށް އެތަނުގައި އުޅެމުން އަންނަ ކަމަށެވެ. 

ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ވެސް މީހުން ބައިތިއްބަމުން އަންނަ ކަމަށާއި އެގޮތުން އެކަނިވެރި މައިންނާއި ވަންނާނެ ތަނެއް ނެތް އާއިލާތަކުގެ އިތުރުން ގެވެށި އަނިޔާގެ ޝިކާރައަކަށްވެގެން ހުށަހަޅާ މައްސަލަތަކާއި ގުޅިގެން އެފަދަ މީހުންނަށް ވެސް ދަނާލުގައި ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަކަން ޔުމްނާ ފާހަގަކުރައްވަ އެވެ. 

ޔުމްނާ އިތުރަށް ވިދާޅުވީ އިމާދުއްދީން އާއި ދަނާލް އަދި ޔޫތު ހޮސްޓެލް ހިމެނޭ ގޮތަށް މިގޮތަށް 80 މީހަކު ބަލަހައްޓަމުން އަންނަ ކަމަށެވެ. 

ކޮވިޑް-19 އާ ގުޅިގެން ހަރަދުކުރުމަށް 4.6 މިލިއަން ރުފިޔާގެ ބަޖެޓެއް ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްފައިވާއިރު ޔުމްނާ ވިދާޅުވީ ބަނޑޭރި ޕޯޓަލް އާއި ޒަކާތް ފަންޑުގެ އިތުރުން ޔޫއެންޑީޕީ އާއި ޔުނިސެފުން ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް